މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އެއްވެސް ދިރުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ފެކްޝަނަށް ބަހުގެ ހަމަލާތައް އަބަދުވެސް ރައްދު ކުރައްވަމުން ގެންދަވާ ޝަރީފު މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.
ޝަރީފު ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި އެއްވެސް ދިރުމެއް ނެތް ކަމަށާއި، އުޅެނީ ބޮޑު ގަހެއްގެ ހިޔަލަށްވަދެ ކޭކުން ބައެއް ލިބޭތޯ ކަމަށެވެ.
އޭނާ މިފަދައިން ވިދާޅުވީ، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއި ނުލައި ރާއްޖޭގެ ސިޔާސީ މާޙައުލަށް ދިރުމެއް ނެތް ކަމަށް، އެ ފެކްޝަނަށް ނިސްބަތްވާ، މެދުހެންވޭރު ދާއިރާގެ މެމްބަރު، ޢަލީ ޢާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
ޢާޒިމަށް ރައްދު ދެއްވަމުން ޝަރީފު ވިދާޅުވީ، ފިކުރެއްގެ ދިރުމަކީ އެއްވެސް ދިރުމެއް ނެތް، ފިކުރެއްވެސް ނެތް، ސިޔާސަތެއްނެތް ބައެއް ކަމަށާއި، އެ ފެކްޝަނުން މަސައްކަތް ކުރަމުންދަނީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ފަދަ ހިޔާބޮޑު ގަހެއްގެ ނިވަލަށްވަދެ ޙިމާޔަތް ހޯދުމަށް ކަމަށެވެ.
އޭގެ އިތުރުން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ އެމްޓީޑީއާ ކޯލިޝަން ހަދައިގެން ނަމަވެސް ފިކުރެއްގެ ދިރުމުން ބޭނުންވަނީ ދެން އުފެދޭ ސަރުކާރެއްގެ ކޭކުން ފޮއްޗެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
"ފިކުރެއްގެ ދިރުމުގެ އެއްވެސް ދިރުމެއް ނެތް. ވަކި ފިކުރެއްވެސްނެތް. ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއްވެސް ނެތް." ޝަރީފު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފެކްޝަން ވުޖޫދަށް އައިސްފައިވަނީ، އެމަނިކުފާނަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައެވެ.
ސަރީފް ރަނގަލަށް ތިޔަނަން ވިދާޅުވެ ބައްލަވަ . އެއަށް ކިޔަނީ ” ފަކުރެއްގެ ދިރުން”
ދިރުންނެތް އެއްޗެއްދެކެ ބިރުން އުޅޭތަން ފެންނަނީ .އެކަމާއަޅާނުލާ ސަރީބޭ.