ދުނިޔެ

މަގުތަކަށް އެއްވާން އިމްރާން ޚާން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން މުޅި ގައުމުގައި "މިނިވަންކަމުގެ" މުޒާހަރާތަކަށް ގޮވާލައްވައިފި އެވެ.

Ads by WAMCO

މިނިވަންކަމަކީ ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. ފޭރިގަންނަން ޖެހެއެވެ. އެކަމަށްޓަކައި ގުރުބާންވާން ޖެހޭނެ،" ސުޕްރީމް ކޯޓުގެ ނުފޫޒަށް ފަހު ދޫކޮށްލިތާ އެއް ދުވަސް ފަހުން ހޮނިހިރު ދުވަހުގެ ރޭ ޔޫޓިއުބުން ބްރޯޑްކާސްޓް ކުރި ތަގުރީރުގައި 70 އަހަރުގެ ލީޑަރު ވިދާޅުވި އެވެ.

އަދި އާދީއްތަ ދުވަހުގެ ހަވީރު 5:30 (ޖީއެމްޓީ ގަޑިން 12:30) އިން ފެށިގެން އެއް ގަޑިއިރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ތިޔަބޭފުޅުންގެ މަގުތަކާއި ވިލެޖްތަކުގެ ފަހުކޮޅުގައި" މުޒާހަރާ ކުރުމަށް ސަޕޯޓަރުން ގޮވާލެއްވި އެވެ.

މިދިޔަ އޭޕްރީލް މަހު ވެރިކަމުން ދުރުކުރި ފަހުން ގިނަ މައްސަލަތަކެއް އުފުލާފައިވާ އިމްރާން މިދިޔަ ހުކުރު ދުވަހު ދޫކޮށްލީ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާ ބަންދުގައި ބެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ އިސް ބައެއް ލީޑަރުން އަދިވެސް ތިއްބެވީ ހައްޔަރުކޮށްފަ އެވެ.

އިމްރާން ހައްޔަރުކުރުމަކީ އޭނާގެ ސަޕޯޓަރުން "ކިޑްނެޕްކުރުން" ކަމަށް ސިފަކުރުމުން މުޅި ގައުމު ހައިރާންވެ މަގުމަތީގައި މުޒާހަރާތައް ފެށި އެވެ. އޭނާ ދޫކޮށްލުމަށް ގޮވާލައި ސަޕޯޓަރުން ވަނީ މަގުތައް ބަންދުކޮށް، އިމްރާން މަގާމުން ދުރުކުރުމުގެ ޒިންމާ އުފުލާ އަސްކަރިއްޔާގެ މުދަލަށް ގެއްލުން ދީފަ އެވެ.

އެތައް ދުވަހެއް ވަންދެން ހިނގި ހަމަނުޖެހުންތަކާއި ސިޔާސީ ހަލަބޮލިކަމަށް ފަހު އާދީއްތަ ދުވަހުގެ ހެނދުނު އޮތީ ހަމަހިމޭންކޮށެވެ. އިމްރާން ގެންދަވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވަމުންނެވެ. އެ ގައުމުގެ އެންމެ މަގުބޫލު ލީޑަރުގެ ގޮތުގައި އޭނާ ނިކުމެ، ގައުމީ އިންތިހާބަށް ގޮވާލައި މަގާމުން ދުރުކުރި ފަހުން ގިނަ އެއްވުންތަކެއް ބާއްވަ އެވެ.

އިމްރާން އަވަހާރަކޮށްލަން މިދިޔަ އަހަރު ކުރި ބޮޑު އެއްވުމުގެ ތެރެއިން އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންފައިވާއިރު، އެކަމުގެ ޒިންމާ އިމްރާން ވަނީ އެގައުމުގެ ބާރުގަދަ އަސްކަރިއްޔާއަށް އަމާޒުކުރައްވާފައެވެ.

"އަސްކަރިއްޔާގެ ވެރިޔާގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އަސްކަރިއްޔާ ގޯސްވެއްޖެ. އެއީ އޭނާގެ ސަބަބުން، އަޅުގަނޑުގެ ސަބަބުން ނޫން،" ލާހޯރުގައި ހުންނަ އޭނާގެ ގެއިން އިމްރާން ވިދާޅުވި އެވެ. ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޭނާ ހައްޔަރު ކުރުމުގެ ފަހަތުގައި ވަނީ "އެއް މީހަކު، އަސްކަރިއްޔާގެ ވެރިޔާ" ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!