ޗައިނާގެ ސިފައިން ޖަޕާނުގެ ވަށާލާފައި
ޖަޕާނުގައި މިހާރު ކުރިއަށްދާ ޖީ7 ސަމިޓުގެ އިސްވެރިޔާ ޗައިނާގެ ހަނގުރާމަމަތީ އުޅަނދުތައް ޖަޕާނުގެ ވަށައިގެން ދަތުރުކުރީ އަސްކަރީ ބާރު ދައްކާލުމަށް ކަމަށް ސީއެންއެން އިން ބުނެއެވެ.
ބާރުގަދަ ޑިސްޓްރޯޔަރެއް އިސްކޮށް ހަރަކާތްތެރިވާ ޗައިނާގެ ނޭވަލް ފްލޮޓިލާ ޖަޕާނުގެ މައި ރަށްތައް 12 ދުވަހަށް ވަށާލާފައިވާއިރު، މިއީ ގްރޫޕް އޮފް ސެވަންގެ ލީޑަރުން މިމަހުގެ 19 ވަނަ ދުވަހު ޖަޕާނުގައި ބައްދަލުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ އެންމެ ބާރުގަދަ އެއް ހަނގުރާމަމަތީ އުޅަނދު ކަމަށްވާ ޓައިޕް 055 ގައިޑެޑް މިސައިލް ޑިސްޓްރޯޔަރ ލާސާ، ހަތަރު އުޅަނދުގެ ފްލޮޓިލާއެއްގައި އިސްކޮށް ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ މެޕެއް ޖަޕާނުގެ ދިފާއީ ވުޒާރާއިން މިއަދު އާންމުކޮށްފި އެވެ.
ޖަޕާނުގެ މެޕުން ދައްކާ ގޮތުގައި ދެކުނު ކޮރެއާ އާއި ޖަޕާނާ ދެމެދު އޮންނަ ސުޝިމާ ކަނޑުއޮޅިން މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ފެށި މި ދަތުރު މި މަހުގެ ފަސް ވަނަ ދުވަހާއި ހަވަނަ ދުވަހު ހޮކައިޑޯގެ އުތުރު ފަރާތުގައި އޮންނަ ސުގާރޫ ކަނޑުއޮޅިން ދަތުރު ކުރި އެވެ.
ޗައިނާގެ ދައުލަތުގެ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސް އިން ފްލޮޓިލާގެ ދަތުރު ގުޅުވާލީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ވެރިކަން ނުކުރި ނަމަވެސް ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ރަށެއް ކަމަށްވާ ޓައިވާނާ ބެހޭ ގޮތުން "ޖަޕާނުން ދާދި ފަހުން ދެއްކި ހަރުކަށި ވާހަކަތަކާ" އެވެ.
ޗައިނާގެ ތަޖުރިބާކާރުންނާ ހަވާލާދީ ގްލޯބަލް ޓައިމްސްގެ ރިޕޯޓުގައި ބުނެފައި ވަނީ މި ދަތުރަކީ ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކާ ހިލާފު އަދި ތިން ވަނަ ފަރާތަކަށް އަމާޒުކޮށްގެން ކުރާ އާދައިގެ ޕީއެލްއޭ ނޭވީގެ ދުރު ކަނޑުގެ އެކްސަސައިޒެއް ކަމަށް ބެލެވޭ އިރު، މިއީ ޖަޕާނަށް ދޭ ވަރުގަދަ މެސެޖެއް ކަމަށް ބެލެވިދާނެ ކަމަށެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ބުދަ ދުވަހު ނިކްކީ އޭޝިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "ޓައިވާން ކަނޑުއޮޅިގެ ސުލްހަ އާއި ހަމަޖެހުން މުހިންމު ވަނީ ހަމައެކަނި އަޅުގަނޑުމެންގެ ގައުމަށް ނޫން ކަމަށާއި މުޅި ބައިނަލްއަގްވާމީ މުޖުތަމައުއަށް" ކަމަށެވެ.