ޚަބަރު

މެރުއާނާ ގަސްތަކެއް މާލޭގެ ގެއެއްގައި ހައްދައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްތުވާ ބާވަތެއް ކަމަށްވާ މެރުއާނާ ގަސްތަކެއް މާލޭގެ ގެއެއްގައި ހައްދައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އޭނާގެ ކޯޓު އަމުރުގައި ބުނެފައިވަނީ މާލޭ ގެޔެއްގެ ދޮރު ކައިރިން ބިންމަތީގައި މެރުއާނާ ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން ފުލުހުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ އޭނާ އެތަނަށް އައިސް އެއީ އޭނާގެ ގަހެއް ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އޭނާ ދިރިއުޅޭ ތަން ބަލާ ފާސް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަހުން އެކަމާ ދެކޮޅު ހަދައި ގެ ބަލާ ފާސްކުރަން ހުއްދަ ނުދޭ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!