ދުނިޔެ

އަފްޣާނިސްތާނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުން ބުނެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޚާމާ ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނަކީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

Ads by Sosun Fihaara

ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ހަތް ގައުމުގެ ތެރޭގައި އަފްޣާނިސްތާން، ބުރްކީނާ ފާސޯ، ހެއިޓީ، ނައިޖީރިއާ، ސޯމާލިއާ، ދެކުނު ސޫދާން އަދި ޔަމަނު ހިމެނެ އެވެ.

މި ގައުމުތަކުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ އަދަދަކީ 2017 ވަނަ އަހަރު ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސްއިން ޑޭޓާ ރިޕޯޓް ކުރަން ފެށި ފަހުން އެންމެ ގިނަ އަދަދެވެ.

މީގެ އިތުރުން ޔުނިސެފުން ވަނީ އަފްޣާނިސްތާނުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެ ގައުމަށް ބޭނުންވާ ކާބޯތަކެތީގެ މުހިންމު އެހީތައް ނުލިބުމުގެ ސަބަބުން އެ ގައުމުގައި ކާބޯތަކެތީގެ މުހިންމު އެހީތައް ނުލިބުމުގެ އިންޒާރު ވެސް ދީފަ އެވެ.

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ ޗީފް އޮފް ނިއުޓްރިޝަން މެލަނީ ގަލްވިން ޓްވިޓާގައި ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިއަހަރު އެކަނިވެސް އަފްޣާނިސްތާނުގައި ނުރައްކާތެރި އެތައް ހާސް ކުދިންނެއް ސީރިއަސް ނިއުޓްރިޝަންގެ ސަބަބުން މަރުވެދާނެ ކަމަށެވެ.

ގަލްވިން އިތުރަށް ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާއަށް 21 މިލިއަން ޑޮލަރުގެ ފައިސާގެ ފަރަގެއް ކުރިމަތިވެފައިވާ ކަމަށާއި، އެ ޖަމިއްޔާއަށް ބޭނުންވާ ޒަރޫރީ ސާމާނު ގަތުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުމަށް ބޭނުންވާ ސާމާނު ގަންނަން ޖެހިފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!