ޚަބަރު ސިޔާސީ

ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ 4 މެމްބަރުންނަށް ފަހުގެ އިންޒާރު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތަކުރާރުކޮށް ޕާޓީގެ ވިޕްލައިނާ ޚލާފުވަމުން އަންނާތީ ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރަކަށް ފަހުގެ އިންޒާރު ދީފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފްވަމުންދާތީ، ފަހުގެ އިންޒާރު ދީފައިވަނީ  އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފަށެވެ.

މިމެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅި މައްސަލަ ކޮމިޓީން ބެލުމަށް ފަހު ނިންމީ، ޕާޓީ ވަކިކުރުމުގެ ކުރިން އެންމެ ފަހުގެ ފުރުސަތު ދޭން ކަމަށް ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މައްސަލަ ބެލުމަށް ހުށަހަޅާފައިވާ މެމްބަރުންނަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނެވެ.

މި މެމްބަރުންނަށް ފިޔަވަޅު އަޅަނީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާ ޚިލާފަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީން އެ ތުހުމަތު ދޮގުކުރެއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚލާފަށް މަސައްކަތް ކުރިމައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވަނީ އެޕާޓީން 1 އަހަރު ދުވަހުގެ މުއްދަތަކަށް ވަކިކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!