އިންޑިއާގަައި ޓެސްލާގެ އަައު ފެކްޓްރީއެއް އަަޅަނީ
ޓެސްލާ އިންކް (ޓީއެސްއެލްއޭ. އޯ) އިން އިންޑިއާގައި ފެކްޓްރީއެއް ގާއިމުކުރަން ހުށަހަޅާފައި ވަނީ އެތެރޭގެ ވިއްކުމާއި އެކްސްޕޯޓް ކުރުމަށް ބޭނުންވާ އިލެކްޓްރިކް ކާރު ތައް އެޅުމަށް ކަމަށް އެ ކާރު އުފައްދާ ކުންފުނިން ބުދަ ދުވަހު ސަރުކާރުގެ އޮފިޝަލުންނަށް މައުލޫމާތު ދިން ކަމަށް އެ ކަމާ ބެހޭ ސީދާ މައުލޫމާތު ހުރި މަސްދަރަކާ ހަވާލާދީ އެ ކުންފުނިން ބުންޏެވެ.
މި ހުށަހެޅުން ހުށަހަޅާފައި މިވަނީ ކާރުތަކުން ނަގާ އިމްޕޯޓް ޓެކްސް 100 އިންސައްތައަށް ވުރެ ކުޑަކުރުމަށް ޓެސްލާއިން މިދިޔަ އަހަރު އެދުމުން އެކަމަށް އިންޑިއާއިން ދެކޮޅު ހަދާފައި ވަނިކޮށެވެ. އިންޑިއާ އިން ބޭނުންވީ ކާރު އުފައްދާ ކުންފުނިން ލޯކަލްކޮށް ވެހިކަލް ތައް ހަދަން ނަމަވެސް ޓެސްލާ އިން ބޭނުންވީ އިމްޕޯޓްކޮށްގެން އެންމެ ފުރަތަމަ މާކެޓް ޓެސްޓް ކުރަން ކަމަށާއި މަޝްވަރާތައް ނިމުމަކަށް އައީ ޑެޑްލޮކެއްގެ ތެރޭގަ އެވެ.
ޓެސްލާއިން އިމްޕޯޓް ޓެކްސް ކުޑަކުރުމާ ބެހޭ ގޮތުން އިންޑިއާގެ އޮފިޝަލުންނާ މަޝްވަރާ ކޮށްފައި ނުވި ނަމަވެސް، ވަކި ތަނެއް ނުވަތަ އިންވެސްޓްމަންޓެއް ކަނޑައެޅުމެއް ނެތި އާ ފެކްޓްރީއެއް ގާއިމުކުރަން އެ ކުންފުނިން ހުށަހެޅުއްވި ކަމަށް އެ މަޝްވަރާތަކަކީ ޕްރައިވެޓް މަޝްވަރާތަކެއް ކަމަށް ބުނެ ނަން ހާމަކުރަން ދެކޮޅު ހެދި މަސްދަރަކުން ބުންޏެވެ.
"މޭކް އިން އިންޑިއާ" ކެމްޕެއިނާއެކު ކުންފުނިތައް ޝައުގުވެރިކުރުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ޕިޗާ އިދިކޮޅަށް ކާރު އުފެއްދުމަކީ ލޯކަލްކޮށް ގުޅިފައިވާ ކަމެކެވެ.
ޓެސްލާގެ އިސް ވެރިން މި ހަފުތާގައި އިންޑިއާއަށް ވަޑައިގެން، ސަރުކާރާ ބައްދަލުކުރައްވައި، ބައިތައް ލޯކަލް ސޯސިންއާއި އެހެނިހެން ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.
ޓެސްލާ އިން ބުދަ ދުވަހު މޯދީގެ އޮފީހާއި އެހެނިހެން ވުޒާރާތަކުގެ އޮފިޝަލުންނާ ބައްދަލުކޮށްފައިވާ ކަމަށް އެ މީހާ އާއި އެކަމާ ގުޅޭ އެހެން ފަރާތަކުން ބުންޏެވެ.
މިކަމާ ގުޅިގެން ރޮއިޓާސްގެ ބަހެއް ހޯދުމަށް ޓެސްލާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިން އިންޑިއާއަށް އާ ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ އިމްޕޯޓް ޓެކްސް ކުޑަކޮށް ނުލިބުމުން އެ ގައުމުގައި ކާރު ވިއްކުމުގެ ޕްލޭން މަޑުޖައްސާލިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ނެވެ.
ޓެސްލާއިން ލޯކަލް ޓީމެއް ހަމަޖައްސައި ޝޯރޫމްގެ ޖާގަ ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް މިދިޔަ އަހަރު އެކަން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
މި ބައްދަލުވުމަކީ މޯދީ ޖޫން މަހު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ހަފުތާއެއްހާ ދުވަސް ކުރިން ބާއްވާ ބައްދަލުވުމެކެވެ.