ވިޔަފާރި

ޕިއްޒާކިޗަންގެ ޑެލިވަރީ އަދި ޓޭކުއަވޭގެ ހިދުމަތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެދުކެނޑުމަކަށް ފަހު ޕިއްޒާކިޗަންގެ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް އަނެއްކާވެސް ފަށައިފިއެވެ.

Ads by Hajj Corporation

ޕިއްޒާކިޗަންގެ ހުޅުމާލޭ އައުޓުލެޓް ބަންދުކޮށް ހިދުމަތް މެދުކަނޑާލާފައިވަނީ ޕިއްޒާކިޗަން ހިންގަމުން އައި ތަން ބަދަލުވުމުގެ ސަބަބުންނެވެ. ނަމަވެސް މިއަދު އަނެއްކާވެސް ޕިއްޒާކިޗަންގެ ހާއްސަ ޕިއްޒާތައް ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހުޅުލެއަށް މިިވަނީ ޑެލިވަރީގެ ހިދުމަތް ފަށާފައެވެ. ނަމަވެސް މާލެއަށް ޕިއްޒާކިޗަންގެ ޑެލިވަރީގެ ހިދުމަތް ލިބެމުންދާނީ އަވަސް ފުޑުގެ އެޕްލިކޭޝަން މެދުވެރިކޮށެވެ.

ޕިއްޒާކިޗަންގެ ޑެލިވަރީގެ ހިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 11އިން މެންދަމު އެކެއް ޖަހަންދެން ދޭނެއެވެ.

ޕިއްޒާކިޗަންގެ ޑައިނިންގެ ހިދުމަތް ވަރަށް އަވަހަށް ހުޅުމާލޭގައި ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޕިއްޒާކިޗަންއިން ޕިއްޒާ އަށް އޯޑަރު ކުރުމަށް ގުޅާނީ 3356565 އަދި ވައިބަރ ކުރާނީ 7876565 ނަމްބަރަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!