ޚަބަރު ދުނިޔެ

ފިންލޭޭންޑުގެ މައިންނަށް ހަދިޔާ ފޮށި ދެމުން އަންނަތާ 85 ‏އަހަރު!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފިންލޭންޑްގެ މާބަނޑު އަންހެނުންނަށް ދަޢުލަތުން ހަދިޔާ ފޮއްޓެއް ދޭތާ 85 އަހަރު ވެއްޖެއެވެ.

Ads by Sosun Fihaara

މި ހަދިޔާ ފޮށިގަނޑަކީ ތުއްތު ދަރިފުޅަށް އެނދެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭ، ފޭރާމާއި ޝީޓާއި ކުޅޭ އެއްޗެހީގެ ސްޓާޓާ ކިޓެއް ފަދަ ހަދިޔާ ފޮއްޓެކެވެ.

ބައެއް މީހުން ބުނާ ގޮތުގައި، ސަރުކާރުން ހަދިޔާ ކުރާ މި "ހަދިޔާ ފޮށި"ގެ ސަބަބުން، ފިންލޭންޑަކީ ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ދަށް އެއް ޤައުމަށް ވުމަށް މަގުފަހިވި ކަމަށެވެ.

މިއީ 1938 ވަނަ އަހަރުން ފެށިގެން، ފިންލޭންޑް ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ.

މި ހަދިޔާ ފޮށީގައި ބޮޑީސޫޓާއި ސްލީޕިން ކޮތަޅާއި އައުޓްޑޯ ގިޔަރާއި ތުއްތު ދަރިފުޅަށް ބޭނުންވާ ބާތު ޕްރޮޑަކްޓްތަކުގެ އިތުރުން ނެޕީ އާއި އެނދާއި ކުޑަ ގޮދަޑިއެއް ވެސް ހިމެނެއެވެ.

1930 ގެ އަހަރުތަކުގައި ފިންލޭންޑަކީ ފަޤީރު ގައުމަކަށްވެފައި، ވިހެއުމުގެ ތެރޭގައި، ތުއްތު ކުދިން މަރުވާ މިންވަރު ވެސް ގިނައެވެ. އެގޮތުން، އޭރު ކޮންމެ 1000 ކުދިންގެ ތެރެއިން 65 ކުއްޖަކު މަރުވެއެވެ.

ނަމަވެސް އޭގެ ފަހުން އައި އަހަރުތަކުގައި އެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

ހެލްސިންކީގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތް އެންޑް ވެލްފެއާގެ ޕްރޮފެސަރެއް ކަމަށްވާ މީކާ ގިސްލަރ މިކަމުގެ ގިނަ ސަބަބުތަކެއް ހާމަކުރެއްވިއެވެ-

1940 ގެ އަހަރުތަކުގައި، ހުރިހައި އަންހެނުންނަށް މެޓާނިޓީ ބޮކްސް އާއި ޕްރީ ނޭޓަލް ކެއާ، އޭގެ ފަހުން 60 ގެ އަހަރުތަކުގައި ނެޝަނަލް ހެލްތު އިންޝުއަރެންސް ސިސްޓަމް ތައާރަފުވުން ފަދަ ކަންކަން ހިމެނޭކަން އޭނާ ފާހަގަކުރިއެވެ.

  1. 2023 ނޯ

    މިރާއްޖޭގަ ހަދިޔާ ފޮށި ދޭތާ 4 އަހަރާއި ބައި ވެއްޖެ.