ދުނިޔެ

ޕާޕާ ނިއު ގިނީއަށް ދިފާއީ ގޮތުން އެއްބާރުލުން ދޭނަން: މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވީ ޕަޕުއާ ނިއުގިނީއާއެކު ހޯމަ ދުވަހު ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ ސަބަބުން ޕެސިފިކް ޖަޒީރާ ގައުމުގެ ގާބިލްކަން އިތުރުވެ، އެމެރިކާގެ އަސްކަރިއްޔާއަށް އެ ގައުމުގެ ސިފައިންނާ އެކު ތަމްރީނު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

Ads by Sosun Fihaara

ބްލިންކެން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޕެސިފިކްގެ 14 ޖަޒީރާ ލީޑަރުންނާ އެކު ޕީއެންޖީގެ ވެރިރަށް ޕޯޓް މޮރެސްބީގައި ވަކިވަކިން ބައްދަލުކުރައްވައި، ސިއްހަތާއި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކަށް މި ސަރަހައްދުން އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާއާއި އެޤައުމުގެ ބައިވެރިން ދަނީ ޕެސިފިކް ޖަޒީރާ ޤައުމުތަކުން ޗައިނާއާއި އެކު ސަލާމަތީ ގުޅުން ތައް ޤާއިމުކުރުމަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންނެވެ.

ކަނޑުގެ 40 މިލިއަން އަކަ ކިލޯމީޓަރު (15 މިލިއަން އަކަމޭލު) ގެ ސަރަހައްދެއް ހިމެނޭ ޕެސިފިކް އައިލެންޑް ލީޑަރުން ވިދާޅުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ސަލާމަތީ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ޕީއެންޖީގެ ބޮޑުވަޒީރު ޖޭމްސް މަރަޕޭއަށް ބްލިންކެން ވިދާޅުވީ، ޕީއެންޖީއާ އެކު ވޮޝިންޓަނުން ގުޅުން ބަދަހިކުރާނެ ކަމަށާއި އެމެރިކާގެ ވިޔަފާރިތަކާ އެކު ޕާޓްނާޝިޕްގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ އާ އިންވެސްޓްމަންޓެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިފާއީ އެއްބަސްވުމާ ދެކޮޅަށް ޔުނިވާސިޓީގެ ދަރިވަރުން މިދިޔަ ހޯމަ ދުވަހު އިހުތިޖާޖު ކުރުމާ ގުޅިގެން މަރަޕޭ ބްލިންކެންއާ އެކު ބޭއްވި ޖޮއިންޓް ނިއުސް ކޮންފަރެންސްގައި ވިދާޅުވީ "އަހަންނަށް ބިރުގަންނާނެ ކަމެއް ނެތް" ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ގުޅުން އަޕްޑޭޓްކޮށްފައިވާ ކަމަށާއި އެއީ ޗައިނާއާ އެއްވެސް ގުޅުމެއް އޮތް އެއްބަސްވުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މަރަޕޭ ވިދާޅުވީ ޗައިނާ ސަރުކާރާ އެކު ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި އެ މީހުންނަކީ ވިޔަފާރީގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ދިފާއީ އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި އެމެރިކާގެ އަސްކަރިއްޔާ ގެ ބައިވެރިވުން އިތުރުވާނެ ކަމަށް މަރަޕޭ އާދީއްތަ ދުވަހު ވިދާޅުވި އިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެ އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!