ބަޅިނދު އޮލިމްޕަސް ސިނަމާއަށް އަންނަނީ، ތާރީޚު އިއުލާން ކޮށްފި

އަހުމަދު ޝިނާން ޑައިރެކްޓުކޮށް ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ފީޗަރ ފިލްމު "ބަޅިނދު" އޮލިމްޕަސް ސިނަމާގައި އަޅުވާނެ ތާރީޚު އިއުލާން ކޮށްފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ޑީއާރުއީ އިން އިއްޔެ ވަނީ މި ފިލްމު ސިނަމާއަށް އަންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުކަން އިއުލާން ކޮށްފައެވެ. "ބަޅިނދު" ގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިންޑަސްޓްރީ މުޅިން ހުއްޓުން އެރިއިރު ފިލްމުގެ ބޮޑު ބައެއް އޮތީ ޝޫޓުކޮށް ނިމިފައެވެ.
ފުރަތަމަ ފިލްމު ޝޫޓު ކުރަން ފަށައި ވިހި އިންސައްތަ މަސައްކަތް ނިންމާލާފައިވަނިކޮށް ދިމާވި މައްސަލަތަކަކާއި ގުޅިގެން ފިލްމުގެ ކާސްޓުން ބަދަލުކޮށް އަނެއްކާވެސް ޝޫޓިންތައް ފެށިއެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދަނީ އާމިނަތު ރަޝްފާ (އާޝާ)، ނުޒުހަތު ޝުއައިބު، އައިޝާ އަލީ، ހުނައިޝާ އާދަމް، މަރިޔަމް މަޖުދާ، އަލީ އާޒިމް (ދޮން އައްޔަ)، ޝަރަފް އަބްދުﷲ ގެ އިތުރުން އިސްމާއިލް ޖުމައިހުއެވެ.
[caption id="attachment_51876" align="aligncenter" width="200"]<img class="wp-image-51876 size-medium" src="https://cdn.dhen.mv/wp-content/uploads/2021/01/Balhindhu-200x300.jpg" alt="" width="200" height="300" /> "ބަޅިނދު" ޕޯސްޓަރ[/caption]
"ބަޅިނދު" ވެގެންދާނީ މިއަހަރު ސިނަމާއަށް އަންނާނެ އެންމެ ފަހު ފިލްމަށެވެ. އެހެންނަމަވެސް އޭގެ ކުރިން ތިން ފިލްމެއް ސިނަމާއަށް އަންނާނެކަމަށް އޮތީ ބެލެވިފައެވެ. އެ އެއްވެސް ފިލްމެއް ޕްރިމިއާ ކުރާނެ ސީދާ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
"ބަޅިނދު" އަކީ ޝިނާންގެ ތިންވަނަ ޑައިރެކްޝަނެވެ. އޭނާ ކުރިން ޑައިރެކްޓު ކުރި "4426" އަދި "ގޮށްރާޅު" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ. އޭގެ ތެރެއިން "4426" އަކީ ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއިއެކު ޝިނާން ޑައިރެކްޓު ކުރި ފިލްމެކެވެ.







ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.