ޚަބަރު

ގެއަކަށް ވަދެ، މީހަކަށް ހަމަލާދީ މުދަލަށް ގެއްލުންދިން މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ އެޕާޓްމަންޓަކަށް ގުރޫޕަކުން ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ހަމަލާދީ، މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓުގައި ހުރި މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ރ. މަޑުއްވަރީ/ ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) އެވެ.

ސަމީން ހޯދަމުންދަނީ މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ހަމަލާދީ، މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ.

ފުލުހުން ވިދާޅުވީ ސަމީން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސްް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!