Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ސިޑްނީގަައި މޯދީއަށް މަރުހަބާ ކިޔަން ގިނަ ބަަޔަކު އެއްވެއްޖެ

ސިޑްނީގަައި މޯދީއަށް މަރުހަބާ ކިޔަން ގިނަ ބަަޔަކު އެއްވެއްޖެ

ސިޑްނީގެ އެންމެ ބޮޑު އެއް ކުޅިވަރު އެރީނާގައި ކެމްޕޭން ސްޓައިލްގެ އެއްވުމެއްގައި އިންޑިއާގެ އެތައް ހާސް ބަޔަކު ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އުފާފާޅުކޮށްފަ އެވެ.

2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއަށް ވަޑައިގަންނަވާ މޯދީ މަސައްކަތް ކުރައްވާނީ އަންނަ އަހަރު ބާއްވާ އާންމު އިންތިހާބާ ދިމާކޮށް ބިދޭސީ އިންޑިއާ މީހުންގެ މެދުގައި އޭނާގެ މަގްބޫލުކަން ބޭނުންކޮށްގެން، މި މަހު އިންޑިއާގެ ދެކުނުގައި ބޭއްވި މުހިންމު ސްޓޭޓް އިންތިހާބަކުން އޭނާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ބަލިވުމާ ގުޅިގެން، ގޭގައި ތާއީދު އިތުރުކުރުމަށެވެ.

މޯދީގެ ތަގުރީރު ފެއްޓެވިއިރު ގިނަ އަދަދެއްގެ ހުސް ގޮނޑިތައް ހުރި ނަމަވެސް، ބްރޫސް ސްޕްރިންގްސްޓީން އާއި ބެކްސްޓްރީޓް ބޯއީސް ފަދަ ބައިނަލްއަގްވާމީ ތަރިން ތިބި އެ ސިޓީގެ އެންމެ ބޮޑު އިންޑޯ ސްޓޭޑިއަމް ކަމަށްވާ ސިޑްނީ އޮލިމްޕިކް ޕާކުގައި ހުންނަ 21،000 މީހުންގެ ޖާގައިގެ ކުޑޯސް ބޭންކް އެރީނާއަށް އެތައް ހާސް ސަޕޯޓަރުން ވަނީ ޖަމާވެފަ އެވެ.

Advertisement
Ooredoo — Truecaller (box)

އިންޑިޔާގެ އެކި ކަންކޮޅުތަކުން ލަވައާއި ޑާންސްގެ ޕްރޮގްރާމަކަށްފަހު، ގިނަ ބައެއްގެ ޝުއޫރުތަކަށް ވަޑައިގެންނެވި އިންޑިޔާގެ ލީޑަރ ވަނީ ސިޑްނީގައި ކްރިކެޓާއި ޓެނިސްއިން ފެށިގެން ފިލްމުތަކާއި އިންޑިއާގެ ސްޓްރީޓް ފުޑްފަދަ އެތައް ގުޅުމެއް ދެޤައުމުގެ ދެމެދުގައި އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް