ދުނިޔެ

ނޫސްވެރިޔާ އިމްރާން ރިޔާޒް ޚާން އަދިވެސް ނުފެނޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީގެ ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ކުރިން ޕާކިސްތާނުގެ ނޫސްވެރިޔާ އަދި ސިޔާސީ ކޮމެންޓޭޓަރު އިމްރާން ރިޔާޒް ޚާން ސިއާލްކޮޓް އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންތަކެއް ގޮވައިގެން ގެންދާ މަންޒަރު ފެންނަ ކުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

Ads by Sosun Fihaara

ޔޫޓިއުބްގައި ތިން މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި އުމުރުން 47 އަހަރުގެ ކޮމެންޓޭޓަރު އޭގެ ފަހުން އާންމުކޮށް ފެނިފައި ނުވާއިރު، އޭނާ ހުރީ ކޮންތާކުކަން އޭނާގެ އާއިލާއަށް ވެސް އަދި ފުލުހުންނަށް ވެސް ނޭނގެ އެވެ.

އުމުރުން 32 އަހަރުގެ އުޘްމާން ރިޔާޒް ޚާން ވިދާޅުވީ، މި ވީޑިއޯ ވީޑިއޯ ކުރި ދުވަހު، މެއި މަހުގެ 11 ވަނަ ދުވަހު އިމްރާން ރިޔާޒް ޚާން އޮމާނަށް ފުރައިގެން ދިޔައީ ޕާކިސްތާނުން ފިލަން ނިންމައިގެން ކަމަށެވެ.

"ކޮއްކޮއަށް އޭނާގެ 16 މިނެޓުގެ ވީޑިއޯތަކުގައި ސިޔާސީ ކަންކަން ޑިސްޓިލް ކޮށްލެވުނީ، އޭނާ އަބަދުވެސް ބުނަނީ ހަގީގަތް، އެހެންވެ އޭނާ ނެގީ،" އަލްޖަޒީރާއަށް އަންގާރަ ދުވަހު ދިން އިންޓަވިއުއެއްގައި ކޮއްކޮ ބުންޏެވެ.

ލާހޯރުން ވާހަކަ ދައްކަވަމުން އުސްމާން ރިޔާޒް ޚާން ވިދާޅުވީ އޭނާގެ ކޮއްކޮ ސިއާލްކޮޓް އެއާޕޯޓުން ހައްޔަރުކުރުމަށްފަހު ފުލުސް އޮފީހަށް ގެންގޮސްފައިވާ ކަމަށް ޕަންޖާބު ފުލުހުންނާ ހަވާލާދީ އާއިލާއަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޮޅުން ފިލުވުމުން ފުލުހުން ބުނީ އެރޭ އެކަނި އޭނާ ދޫކޮށްލީއޭ. އަދި ނުދަންނަ ބަޔަކާއެކު އޭނާ ފިލާފައިވާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް ކަމެއް މިހާރު ނޭނގޭ ކަމަށް ވެސް ފުލުހުން ބުނި،" އޭނާގެ ކޮއްކޮގެ މައްޗަށް ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް އުސްމާން ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ ބައްޕަ ފުލުހުންނަށް ހުށަހެޅި ރަސްމީ މައްސަލައެއްގައި ބުނެފައި ވަނީ ފުލުހުންގެ އިދާރާގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އޭނާގެ ދަރިފުޅު ދޫކޮށްލުމަށް ފަހު "މޫނު ނިވާކޮށްގެން ތިބި ހަތަރު ފަސް މީހުން" "ކިޑްނެޕް" ކުރާ މަންޒަރު ފެންނަ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!