ޚަބަރު ސިޔާސީ

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާ ދިން މީހާ ހައްޔަރު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރުން މީހަކަށް ހަމާދިން މައްސަލައިގައި ހޯދަމުން ދިޔަ އުމުރުން 34 އަހަރުގެ ރ. މަޑުއްވަރީ ދެތަނޑިމާގެ، އިބްރާހީމް ސަމީން ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، ސަމީން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުންނެވެ.

އޭނާ ހޯދުމަށް ފުލުހުން އިިޢުލާނު ކުރީ، މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދިން މައްސަލައިގައެވެ.

މީގެ ކުރިން ވެސް ގްރޫޕަކުން މާލޭ ގެއަކަށް ވަދެ މާރާމާރީ ހިންގާ ތިން މީހަކަށް ހަމަލާ ދީ، ޒަޙަމްކޮށްލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!