ޕާޓީ އުވައިލިޔަސް، ކުރާ މަސައްކަތަށް ބަދަލެއް ނާާންނާނެ: އެމްއާރްއެމް
ޕާޓީ އުވާލިޔަސް، ކުރާ މަސައްކަތަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް)ގެ ނައިބު ރައީސް، އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ޤާނޫނުގައި ބުނާ އަދަދު ހަމަ ނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ އެމްއާރްއެމް އުވާލާފައެވެ. އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ، މިއީ "ކޮރަޕްޓް" ނިންމުމެއް ކަމަށް ވިދާޅުވެ، މި ނިންމުމާ ދެކޮޅަށް ތެދުވެ، ކާމިޔާބު ހޯއްދަވާނެ ކަމަށް، އިއްޔެ ވިދާޅުވެފައެވެ.
ޕާޓީ އުވާލުމާ ގުޅިގެން، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެމްއާރްއެމްގެ ނައިބު ރައީީސް ނާދިރާ ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، މިގޮތަށް ޕާޓީތައް އުވާލައިގެން ކާމިޔާބުވާނެ ކަމަށް ދުށުމަކީ ކުށްހީއެއް ކަމަށެވެ.
"އަޅުގަނޑުމެން މި ނުކުތީ އާ ހިތްވަރަކާއެއްކޮށް، އިރާދަކުރެއްވިއްޔާ، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މި ގައުމުގެ މައްސަލަތައް ހައްލެއް ނުވޭ. އިލެކްޝަންްސް ކޮމިޝަނަކީވެސް މިނިވަން މުއައްސަސާއެއް، އަދިވެސް މިނިވަން މުއައްސަސާތަައް އެބަހުރި. މި މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ނުކުރާކަން އަޅުގަނޑުމެންް އެންމެންނަށް އެބަ އެނގޭ."
އޭނާ އިތުރަށް ވިދާޅުވީ، 2018ގައި ވެރިކަން ބަދަލު ކުރީ، ކަންކަން ރަނގަޅު ކުރަން ކަމުގައި ވިޔަސް، އެކަން އެހެން ނުވާ ކަމަށާއި، ކޮރަޕްޝަން ވެސް ވީ އިތުރު ކަމަށެވެ.
އަދި ރައީސް މައުމޫން ވެރިކަން ކުރެއްވި 30 އަހަރު މާ ރަނގަޅު ކަމަށް މީހުން ބުނާ ކަމަށް ވެސް ވިދާޅުވިއެވެ.
3000 މެމްބަރުން ހަމަނުވާތީ، އެމްއާރްއެމް އުވާލުމާ ގުޅިގެން، އެ ޕާޓީއަށް އިތުރު ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
އަޅެ ތިޔައީ ސިޔާސީ ޕާރޓީއެއްތަ ނޫނީ ރައްޓެހިންނާއި ތިމާގެ މީހުންގެ ގްރޫޕެއް ހެއްޔެވެ؟ ހަމަ ހުވާ ކްލަބް ޓީނޭޖް ގައިވެސް ނޫނީ މާޒިޔާގައިވެސް ތިޔައަށް ވުރެން ސަޕޯރޓަރުންވެސް ގިނަވާނެއެވެ. ތިޔައީ ފިކުރެއްކަމުގައި ތިޔަ ބުނާނަމަ، ތިޔައީ މާޒީގެ ވެސް މާޒީއެވެ. މިހާރަކު އެސްޓްރޮނޮމީ އާއި ފިލޯސަފީއާއި ބޯދާ ވިސްނުމެއް މިގައުމަކު ނުހިނގާނެއެވެ. ޢަހަރުމެން ކާފައިން ތިޔައީ ދީންވެރިއެއް ކަމަށް ގަބޫލު ކުރިޔަސް މިހާރު މިއެގެނީ ތިޔައީ އޭގެވެސް ސީދާ އިދިކޮޅު ކަމެވެ. ބައި!
30 އަހަރުގެ ރަގަޅުކަމުން މިއުޅެނީ 3000 މީހުންވެސް ހަމަ ނުވެގެންނެވެ. ދިވެހިންގެ އޮރިޔާން ނިވާ ނުކުރެވުނު މީހަކު ދެން ވާނީ ކޮން ރަގަޅެއް ހެއްެޔެވެ. މިގައުމުގައި މިއޮތް ހުރިހާ ނުލަފާކަމެއް އެއީ މަސްތުވާ އެއްޗެހި ކަމެއްވިޔަސް މިގައުމުގައި ފެތުރުވީ ތިޔަ ރަން 30 ގައެވެ.