ދުނިޔެ

އަފްގާނުގައި ޓީޓީޕީ މީހުން ތިބޭ ކަމަށް ޕާކިސްތާނުން ބުނުމުން ރައްދުދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ބަލަހައްޓާ ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ތަހްރީކް-އޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އޮތުމާއި، އަފްޣާނިސްތާނުގެ އެތެރޭގައި އެމީހުންގެ ހަމަލާތައް ދީފާނެ ކަމަށް ބުނެ ޕާކިސްތާނުގެ ދާޚިލީ ވަޒީރު ދާދި ފަހުން ދެއްކެވި ވާހަކަފުޅަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ.

Ads by WAMCO

އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ތުހުމަތުތަކުގެ ސަބަބުން އަވަށްޓެރި ދެ ގައުމާއި އެއްބަނޑު އެއްބަފާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ބުރޫ އަރާކަމަށެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަނާ ސަނައުالله ދާދި ފަހުން ވިދާޅުވީ ޕާކިސްތާނުން އަފްޣާނިސްތާނުގެ ތެރޭގައި ހުންނަ ޓީޓީޕީ ތަންތަނަށް އަމާޒުކުރާނެ ކަމަށެވެ. "މި މައްސަލަތައް ދިމާވާ ހިނދު އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އިސްލާމީ އެއްބަނޑު އެއްބަފާ ގައުމު ކަމަށްވާ އަފްޣާނިސްތާނަށް އެދެނީ މި ތަންތަން ނައްތާލައި އެ މީހުން އަޅުގަނޑުމެންނާ ހަވާލުކުރުމަށް، އެކަމަކު އެކަން ނުވެއްޖެ ނަމަ އިސްލާމްއާބާދު އަފްޣާނިސްތާނުގެ އެތެރޭގައި ހުރި މި ތަންތަނަށް އަމާޒުކުރާނެ،" ޕާކިސްތާނުގެ މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ތާލިބާނުން އިސްވެ ހުންނަވާ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ޕާކިސްތާނުގެ އޮފިޝަލުން މިފަދަ ވާހަކަތައް ދައްކަނީ (ޓީޓީޕީ) ސެންޓަރުތައް ޕާކިސްތާނުގެ އެތެރޭގައި ހުރިކަން އަންގައިދޭ ހެކި ތަކެއް ހުރި ނަމަވެސް އެވެ.

ތާލިބާނުންއިސްވެ ހުންނަވާ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ކަންބޮޑުވުމަކާއި މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކޮށްދިނުމަށް އެދޭ ކަމަށެވެ.

އަފްޣާނިސްތާނަކީ އެޤައުމުގެ ވެރިފަރާތާ ނުލައި އޮތް ޤައުމެއް ނޫންކަމަށާއި، އަބަދުވެސް ފަދައިން، އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގެ ސަރަޙައްދީ އެއްބައިވަންތަކަމާއި މިނިވަންކަން ދިފާޢުކުރުމަށް ތައްޔާރަށް ތިބިކަމަށާއި، ޤައުމުދިފާޢުކޮށް ޙިމާޔަތްކުރުމުގައި އެއްވެސް ފަރާތަކަށްވުރެ ރަނގަޅު ތަޖުރިބާއެއް ލިބިފައިވާކަން ފާހަގަކުރެވޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ މަދަނީ ސަރުކާރާއި އެގައުމުގެ އަސްކަރީ މުއައްސަސާގެ އިސްތިގުލާލަށް ސީދާ ގޮންޖެހުންތަކެއް ކުރިމަތިކުރުމުގެ ގޮތުން ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ވަނީ އެ ޖަމާއަތް އެކި ވުޒާރާތަކަށް ބަހާލައިގެން އާ މަގާމްތަކެއް ހަމަޖައްސައިފަ އެވެ.

"ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން އާ މަގާމްތަކަށް މީހުން އައްޔަންކުރަން ނިންމައި، ޑިފެންސް، ޖުޑިޝަރީ، އިންފޮމޭޝަން، ޕޮލިޓިކަލް އެފެއާޒް، އިކޮނޮމިކް އެފެއާޒް، އެޑިއުކޭޝަން، ފަތުވާ ދޫކުރާ އޮތޯރިޓީ، އިންޓެލިޖެންސް އަދި ކޮންސްޓްރަކްޝަން ޑިޕާޓްމަންޓަކަށް ބަހާލައިފި،" ޚުރާސަން ޑައިރީ (ޓީކޭޑީ) ޕަބްލިކޭޝަންއާ ހަވާލާދީ ޓީޓީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!