ދުނިޔެ

ޓައިވާނުން ޗައިނާގެ 24 އަސްކަރީ މަތިންދާބޯޓާއި ކަނޑުގެ 4 އުޅަނދެއް އެގައުމުގެ ވަށައިގެން ޓްރެކްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޝަނަލް ޑިފެންސް މިނިސްޓްރީން ވަނީ ހޮނިހިރު ދުވަހު (ޑިސެމްބަރު 31) އިން އާދީއްތަ ދުވަހު (ޖެނުއަރީ 1) ހެނދުނު 6:00 އިން ހެނދުނު 6:00 އަށް ޓައިވާނުގެ ވަށައިގެން ވާ ޗައިނާގެ 24 އަސްކަރީ މަތިންދާބޯޓާއި ހަތަރު ކަނޑުގެ އުޅަނދު ޓްރެކްކޮށްފަ އެވެ.

Ads by WAMCO

ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ 24 މަތިންދާ ބޯޓުގެ ތެރެއިން 15 މަތިންދާބޯޓު ވަނީ ޓައިވާނުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) އިން ޓްރެކްކޮށްފައި ކަމަށާއި އޭގެ ތެރޭގައި ޓައިވާން ކަނޑުއޮޅި މީޑިއަން ލައިން ހުރަސްކުރި 12 މަތިންދާބޯޓު ހިމެނޭ ކަމަށް އެމްއެންޑީން ބުނެއެވެ. ޝެންޔަންގް ޖޭ-11 މަރުކާގެ ހަތަރު ފައިޓާ ޖެޓާއި ޗެންގްޑޫ ޖޭ-10 މަރުކާގެ ހަތަރު ފައިޓާ މަތިންދާ ބޯޓާއި ޝެންޔަންގް ޖޭ-16 މަރުކާގެ ހަތަރު ފައިޓާ ޖެޓް ވަނީ މީޑިއަން ލައިން ހުރަސްކޮށްފަ އެވެ.

ޓައިވާނުގެ އޭޑީއައިޒެޑްގެ ހުޅަނގު ދެކުނު ފަރާތުގައި ޝާންޝީ ވައި-8 އެންޓި ސަބްމެރިން ވޯފެއާ މަތިންދާ ބޯޓަކާއި ހާބިން ބީޒެޑްކޭ-005 ރިކޮނިސެންސް ޑްރޯންގެ އިތުރުން ބީޒެޑްކޭ-007 ރިކޮނިސެންސް ޑްރޯން އެއް މޮނިޓާ ކޮށްފައިވެ އެވެ.

އޭގެ ރައްދުގައި ޓައިވާނުން ވަނީ މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތައް ފޮނުވައި، ޕީއެލްއޭގެ މަތިންދާ ބޯޓާއި އުޅަނދުތައް މޮނިޓާ ކުރުމަށް އެއްގަމު އުޅަނދުފަހަރުގެ މިސައިލް ސިސްޓަމްތައް ބޭނުންކޮށްފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން ވަނީ ޓައިވާނުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯނަށް އާންމުކޮށް މަތިންދާބޯޓު ފޮނުވައިގެން ގްރޭ ޒޯން ޓެކްޓިކްސް ބޭނުންކުރުން އިތުރުކޮށްފަ އެވެ. ގްރޭ ޒޯން ޓެކްޓިކްސް މާނަކޮށްފައި ވަނީ "ސީދާ އަދި ބޮޑު ބާރުގެ ބޭނުން ނުކޮށް، ސަލާމަތީ މަގްސަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތްތަކާއި، ސްޓެޑީ-ސްޓޭޓް ޑިޓެރެންސް އާއި ޔަގީންކަމުގެ ބޭރުން ކުރާ މަސައްކަތެއް ނުވަތަ ސިލްސިލާ މަސައްކަތެކެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!