ދުނިޔެ

ނޭޕާލްގެ ބޮޑު ވަޒީރު އިންޑިއާއަށް ވަޑައިގަންނަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކުމާރު ދަހާލް އަންނަ ހަފުތާގައި އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މަޝްވަރާ ކުރައްވާނީ ތާރީހީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށެވެ.

Ads by WAMCO

ނޭޕާލްގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުފުޅުގެ ސަބަބުން ނޭޕާލާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ، ގިނަ ގުނަ އަދި އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

މި ދަތުރަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޮޑުވަޒީރުކަމަށް ދަހާލް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އޭގެ ކުރީ ދައުރުގައި ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އޭނާ ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ.

ޕްރަޗަންޑާ ގެ ނަމުން ނަން ދީފައިވާ އުމުރުން 68 އަހަރުގެ ކުރީގެ މާއޮއިސްޓް ބަޣާވާތުގެ ލީޑަރެއް ކަމަށްވާ ދަހަލް، އިންޑިއާގެ ރައީސް ޑްރޯޕަދީ މުރުމޫ ގެ އިތުރުން އިންޑިއާގެ އެހެން އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

ނިއު ދިއްލީ އާއި ކަތުމަންޑޫއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުން ދަހާލްގެ މި ދަތުރުފުޅަކީ ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ބަނދަރަކަށް ނިއު ދިއްލީ ހެދުމުގެ މުއާހަދާއާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅު މިމަހުގެ 31 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި ޓެމްޕަލް ޓައުނެއް ކަމަށްވާ އުޖައިން އާއި އިންދޯރަށް ޒިޔާރަތްކުރުން ވެސް ހިމެނެއެވެ.

"މި ދަތުރުފުޅަކީ އަޅުގަނޑުމެންގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އިންޑިއާ އާއި ނޭޕާލާ ދެމެދު ގަވާއިދުން މަތީ ފަންތީގެ މުއާމަލާތްތައް ހިންގުމުގެ އާދަ ދަމަހައްޓަމުން އަންނަ ދަތުރެކެވެ. ދެ ގައުމުގެ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައި ވަނީ އެއްބާރުލުން ދިނުމުގެ ހުރިހާ ދާއިރާއަކުން،" އިންޑިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް 2014 ވަނަ އަހަރު ވަޑައިގެންނެވި ފަހުން މޯދީ ވަނީ ފަސް ފަހަރެއްގެ މަތިން ނޭޕާލަށް ޒިޔާރަތް ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!