ދުނިޔެ

ލޯބިވެރިޔާ "ކޮށައިލި" މަންޒަރު ގިނަ ބަޔަކަށް ފެނުނުއިރު، ހުއްޓުވަން ނުކެރުނު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ިއިންޑިއާގެ ވެރިރަށް ދިއްލީގައި، އުމުރުން 20 އަހަރުގެ ޒުވާނަކު، އޭނާގެ އުމުރުން 16 އަހަރުގެ ލޯބިވެރިޔާގެ ހަށިގަނޑަށް ރަހުމެއް ނެތް ހަމަލާތަކެއްދީ، މަރައިލައިފިއެވެ.

Ads by Sosun Fihaara

މި އަނިޔާވެރި ޢަމަލު ހިންގާ މަންޒަރު، ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާއަށް ވަރަށް ރީތިކޮށް ފެންނަން ހުއްޓެވެ.

ސާހިލް ކިޔާ އެ ފިރިހެންމީހާ، އަންހެން ކުއްޖާ ގަޔަށް ވަޅި ހަރަމުން ދަނިކޮށް، އެ ވަޅި އަންހެން ކުއްޖާ ބޮލަށް ވަދެއެވެ. ނަމަވެސް ވަޅި ނައްޓައި، އަނެއްކާ ވެސް ވަޅި ޖަހަން ފަށައެވެ. އެވަރުން އޭނާގެ ހިތް ނުފުރިގެން، އެތަނުގެ ކައިރީގައި ހުރި ބޮޑު ގާގަނޑެއް ނަގައި، އެތައް ފަހަރަކު ލޯބިވެރިޔާ ގައިގައި ޖަހާ މަންޒަރު ފެނެއެވެ. އެ އަންހެން ކުއްޖާގެ ހަށިގަނޑުގެ 21 ތަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ.

އެންމެ ހައިރާން ކުރުވަނިވި ކަމަކަށްވީ، މި މަންޒަރު ގިނަ ބަޔަކަށް ފެނުނުއިރު ވެސް، އެކަކަށް ވެސް އެކަން ހުއްޓުވަން ނުކެރުނު ކަމެވެ.

ލޯބިވެރިޔާއަށް ހަމަލާދީ މަރައިލި ސާހިލް 48 ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރިއިރު، އޭނާގެ މަންމަ އެދެނީ ސާހިލްއަށް މަރުގެ އަދަބު ދިނުމަށެވެ.

 

 

 

Ads by Ooredoo
  1. ނަސީމް

    ތިގޮލާ އެއަމަލު ހިންގި އިރުހުނާނީ ހޭވަރަވަރަކަށް ރާބޯލައިގެން ކަމަށއް ވާނީ

  2. ޙަވިތަ

    ޟމިގައުމުގަވަލިހަރަމުންދާއިރު ބަލަންނުންބާހްނަނީ

  3. އަލީ

    ތިވަރުގެ ރުޅިއެއް އަރާނީ ވަރައްވަރުވީމަ ، އެކަމު އޭނަދޫކޮށް ދިޔަނަމަ މާރީތިވީސް.