ދުނިޔެ

ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިވަނިކޮށް އިންޑިއާގެ އިގްތިސާދު ހަލުވިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާޗް ކުއާޓަރުގައި އިންޑިއާގެ އިގްތިސާދީ ދުވެލި 6.1 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ބުދަ ދުވަހުގެ ރީޑިންއިން ދައްކާ ގޮތުގައި އިންޑިއާ އަކީ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިގްތިސާދު ކަމަށާއި ހާއްސަކޮށް ޗައިނާގެ ރިކަވަރީ އަށް ބުރޫ އަރާފައިވާ ކަމަށެވެ.

މުޅި ދުނިޔޭގައި އުފެދިފައިވާ ހީނަރުކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއެކުވެސް މިއަހަރުގެ ތެރޭގައި އިޤްތިޞާދީ ދުވެލި ގާތްގަނޑަކަށް 6.5 އިންސައްތަގައި ހިފެހެއްޓޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

އަދި މުޅި އަހަރުގެ ކުރިއެރުން އަންދާޒާކުރި މިންވަރު 7.2 އިންސައްތައަށް ބަދަލުކޮށްފައިވާއިރު، ކުރިން އަންދާޒާކުރި 7 އިންސައްތައަކީ 7.2 އިންސައްތައެވެ. 2021/22 ވަނަ އަހަރު އިންޑިއާގެ އިގްތިސާދު ކުރިއަރާފައިވަނީ 9.1 އިންސައްތައިގައެވެ.

އެހެންނަމަވެސް ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއި މާލީ ބާޒާރުތަކަށް އަންނަ ހީނަރުކަމުގެ ސަބަބުން އެކްސްޕޯޓާއި ކުރިއަށް އޮތް ކުއާޓަރުތަކުގައި ކުރިއެރުމުގެ އައުޓްލުކަށް ނުރައްކާވެދާނެކަމުގެ އިންޒާރު އިޤްތިޞާދީ މާހިރުން ވަނީ ދެއްވާފައެވެ.

އެޗްޑީއެފްސީ ބޭންކުގެ އިކޮނޮމިސްޓް ސާކްޝީ ގުޕްތާ ވިދާޅުވި ގޮތުގައި ގްރޯތު އައުޓްލުކް އަކީ އެއްވެސް ނުރައްކަލަކާ ނުލައި އޮތް ކަމެއް ނޫނެވެ.

އެކަމަނާ ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދު ހީނަރުވެފައިވީނަމަވެސް، ކުރިއެރުމުގެ ޢަދަދުތަކުން ދައްކުވައިދެނީ އިންޑިޔާގެ އިޤްތިޞާދަށް އޮތް އުއްމީދުކަމަށެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބެންޗްމާކް ރެޕޯ ރޭޓް 250 ބޭސިސް ޕޮއިންޓް (ބީޕީއެސް) އަށް ބޮޑުކޮށްފައިވާއިރު އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ކުރިން އުފުލި ފައިވާ އަގުތަކުގެ އަސަރު ބެލުމަށް އިންތިޒާރު ކުރަމުން އަންނަ އިރު، 2023 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެ ރޭޓަށް ބަދަލެއް ނާންނާނެ އެވެ.

ފާއިތުވި ދިހަ ވަރަކަށް އަހަރު އިގްތިސާދުގެ އެންމެ 17 އިންސައްތަ ހިއްސާކުރާ އުފެއްދުންތެރިކަމުގެ ސިނާއަތް މާޗް ކުއާޓަރުގައި އަހަރުން އަހަރަށް 4.5 އިންސައްތަ ކުރިއަރާފައިވާއިރު، އޭގެ ކުރީ ތިން މަސް ދުވަހުގެ ތެރޭގައި ރިވައިޒްކޮށްފައިވާ 1.4 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!