ދުނިޔެ

ދުންފަތް އިސްތިހާރުކުރާނަމަ އިންޒާރުދޭން މަޖުބޫރު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ފަދަ ސްޓްރީމިން ޕްލެޓްފޯމްތަކުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާ ބެހޭ ގޮތުން ފާހަގަކޮށްލެވޭ އިންޒާރުތައް އެފަދަ މަންޒަރުތަކާ އެކު ޝޯތައް ދައްކާއިރު ދައްކަން ޖެހޭ ގޮތަށް އިންޑިއާއިން ބުދަ ދުވަހު ގައިޑްލައިނެއް ނެރެފި އެވެ.

Ads by WAMCO

ފިލްމު އަދި ޓީވީ ސެޓްފިކޭޝަން ބޮޑީތަކުން މިހާރުވެސް އިންޑިއާގައި ޕަބްލިކް ކޮންޓެންޓް މޮޑަރޭޓް ކުރާއިރު، މަޝްހޫރު އޮންލައިން ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ސެންސަރު ކުރެވޭނެ މާއްދާތައް އެ ގައުމުގެ ގާނޫނުތަކުގައި ވަރަށް މަދު އެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އިސްލާހު ކުރުމުގެ ގަވާއިދު، 2023 ގައި އެފަދަ ޕްލެޓްފޯމްތަކުން ޕްރޮގްރާމެއް ފެށުމާއި މެދުތެރޭގައި މަދުވެގެން 30 ސިކުންތުގެ "ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ސިއްހަތުގެ ތަންތަން" ދެއްކުން ލާޒިމްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ނެރުނު ނޯޓިސްގައި ވެ އެވެ.

އަދި ދުންފަތުގެ ބާވަތްތައް ސްކްރީންގައި ދައްކާއިރު ސްކްރީނުގެ ތިރީގައި "ސްޓެޓިކް މެސެޖެއް"ގެ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ސިއްހީ އިންޒާރެއް ޕްލެޓްފޯމްތަކުން ދެއްކުން ވެސް އާ ގަވައިދުގައި ވަނީ ލާޒިމްކޮށްފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ އޯޑިއޯ ވިޝުއަލް ޑިސްކްލޭމާތައް ވެސް ލާޒިމްކޮށްފައިވެ އެވެ.

މި ހަރުކަށި ގާނޫނުތައް އައިސްފައި މިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރި ސާވޭއަކުން 15 އަހަރުން މަތީގެ އިންޑިއާގެ ގާތްގަނޑަކަށް 267 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަން ހާމަވުމާ ގުޅިގެންނެވެ.

"އިންޑިއާގެ އާ ގަވައިދުގެ ސަބަބުން ބިގް ޓޮބެކޯއިން އިންޑިއާގެ ޒުވާނުންނަށް ހަރުކަށި އަމާޒުކުރުމަށް ދެން އޮތް ވެހިކަލަކީ ސްޓްރީމިން ހިދުމަތް ނޫންކަން ކަށަވަރުވެގެންދާނެ،" އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކެމްޕޭން ފޯ ޓޮބެކޯ ފްރީ ކިޑްސްގެ އެގްޒެކެޓިވް ޔޮލޮންޑާ ރިޗަޑްސަން ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!