ދުނިޔެ

އަންނަ އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ ކަރްނާޓަކާގައި ފޮކްސްކޮން އިން އައިފޯން އުފައްދާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެޕަލް އިންކް (އޭއޭޕީއެލް. އޯ) ސަޕްލަޔަރު ފޮކްސްކޮން (2317.TW) އިން އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގައި 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އައިފޯން އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ސްޓޭޓް ސަރުކާރުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

Ads by Sosun Fihaara

ފެކްޓްރީއަށް ބޭނުންވާ ބިން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ފޮކްސްކޮންއާ ހަވާލުކުރެވޭނެ ކަމަށާއި، 130 ބިލިއަން ރުޕީސް (1.59 ބިލިއަން ޑޮލަރު) ގެ އަގު ހުރި މި މަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 50،000 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނި ފޮކްސްކޮން އިން ވަނީ ސްޓޭޓްގެ ކެޕިޓަލް އަދި ޓެކް ހަބް ބެންގަލޫރުގެ ބޭރުގައި އޮންނަ ދޭވަންހަލީގެ ޕްލާންޓުގައި އަހަރަކު 20 މިލިއަން އައިފޯން އުފެއްދުމަށް އަމާޒު ހިފާފަ އެވެ.

އެޕަލް އިން އަންނަނީ ކޮވިޑް-19 އާ ގުޅިގެން އެގައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގައި އާ އައިފޯނާއި އެހެނިހެން ޑިވައިސްތައް އުފެއްދުމަށް ހުރަސް އެޅުމާ ގުޅިގެން އުފެއްދުންޗައިނާއާ ދުރަށް ބަދަލުކުރަމުންނެވެ. ބެއިޖިން އާއި ވޮޝިންޓަންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް ނާންނާނެ ކަމަށް ވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ފޮކްސްކޮންގެ ތަރުޖަމާނަކު ރޮއިޓާސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!