ދުނިޔެ

ޕާކިސްތާންގައި ކާޑުގެ ބާވަތްތަކުގެ އަގު އުފުލެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ވެރިރަށް ކުއެޓާގެ އިތުރުން ބަލޫޗިސްތާނުގެ އެކި ޑިސްޓްރިކްޓްތަކުގައި ހަކުރު އަދި ފުށްގެ އަގު އަނެއްކާވެސް އުފުލިފައިވާ ކަމަށް ޕާކިސްތާނުގެ ވާނަކިއުލާ މީޑިއާއިން ބުނެފި އެވެ.

Ads by Sosun Fihaara

ފަގީރުކަމުގެ އަސަރު ކޮށްފައިވާ ބަލޫޗިސްތާނުގެ ގިނަ ޑިސްޓްރިކްޓްތަކެއްގައި ހަކުރު އަދި ފުށްގެ އަގު އެއްފަހަރާ އުފުލިގެން ދެއެވެ.

ޕްރޮވިންސްގެ ވެރިރަށް ކުއެޓާ ފަދަ އެކި ޑިސްޓްރިކްޓްތަކުގައި ހަކުރު ކިލޯއެއް 130 އިން 200ރ އަށް ވިއްކަމުންދާއިރު ފުށް ވިއްކަނީ 20 ކިލޯއަށް 2600ރ އާއި ޕީކޭއާރު 4000ރ އަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރަމަޟާން މަހާ ދިމާކޮށްވެސް ޕާކިސްތާނަށް ވަނީ ފުށުގެ ދަތިކަން ކުރިމަތިވެފައެވެ. މީގެ ކުރިން މެއި މަހުގެ ތެރޭގައި ޕާކިސްތާނުގެ ފްލޯ މިލްސް އެސޯސިއޭޝަނުން ވަނީ ހުރިހާ މިލްތަކެއް މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ނިންމައިފަ އެވެ.

ފްލޯ މިލްސް އެސޯސިއޭޝަންގެ ޗެއާމަން ޗައުދަރީ އާމިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ 7:00 އިން ފެށިގެން ފުށް މިލްތަކަށް ހަޅުތާލު ކުރަން މަޖުބޫރުވާނީ ފުޑް ޑިޕާޓްމަންޓުން އޮޅުވާލާފައިވާތީ ކަމަށެވެ.

ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓްސް ކޮމިޓީން އާންމުކޮށްފައިވާ މި އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ގައުމީ އިގްތިސާދު ކުރިއަރާފައިވާ މިންވަރުގެ ތަފާސް ހިސާބުތަކަކީ ހައިރާންކުރުވަނިވި ތަފާސް ހިސާބުތަކެކެވެ. މި އަހަރު ޖީޑީޕީ ކުރިއެރުމުގެ އަމާޒަކީ ފަސް ޕަސެންޓެވެ. ނަމަވެސް ހަގީގީ ކުރިއެރުން ހުރީ 0.29 ޕަސެންޓުގައި ކަމަށް ޕާކިސްތާނުގެ ވާނަކިއުލާ މީޑިއާ ދުންޔާ ޑެއިލީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!