ދުނިޔެ

ޕާކިސްތާނުގެ އިންފްލޭޝަން ޖެހިޖެހިގެން ދެ ވަނަ މަހަށް ރެކޯޑް މިންވަރަކަށް އަރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ މެއި މަހު ޕާކިސްތާނުގެ އަހަރީ އިންފްލޭޝަން ރޭޓް 37.97 ޕަސެންޓަށް އަރާފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފި އެވެ.

Ads by Sosun Fihaara

ބުރާސްފަތި ދުވަހު އެ ބިއުރޯއިން ކުރި އިއުލާނާ އެކު ދެކުނު އޭޝިއާގެ ގައުމުގެ އިގްތިސާދީ ހީނަރުކަން އިތުރަށް ގޯސްވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު ބޭލްއައުޓްގެ މުހިންމު މަޝްވަރާތައް ހުއްޓި، ދަރަނި ނުދެއްކުމުގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު އެ ބިއުރޯއިން ބުނީ ޕާކިސްތާނުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހުރީ 36.5 ޕަސެންޓުގައި ކަމަށެވެ. ދެ އަހަރުގެ އިގްތިސާދީ ހީނަރުކަމުން މަޑުމަޑުން އަރައިގަންނަމުން އަންނަ ސްރީލަންކާގެ އަހަރީ އިންފްލޭޝަން މެއި މަހު ހުރީ 25.2 ޕަސެންޓުގަ އެވެ.

މެއި މަހު ޕާކިސްތާނުން މަހުން މަހަށް ބަލާއިރު 1.58 އިންސައްތަ އިގެ ކުރިއެރުމެއް ހޯދާފައިވާއިރު، ކާބޯތަކެތީގެ ބާވަތްތަކުގައި ތަރުކާރީ، ދަޅު، ހުއިފިލަނޑާ، ހުއިފިލަނޑާ، ހަނޑޫ އަދި ޗިކަން އަދި ތެލާއި ގޭހުގެ އަގު ތައް އުފުލިގެން ދިޔަ ކަމަށް އެ ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްލާމްއާބާދުގެ މާރުކޭޓެއްގައި އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އުމުރުން 42 އަހަރުގެ މުހައްމަދު ސަފީރު ބުނީ އެންމެން ވެސް ތިބީ ކަންބޮޑުވެފައި ކަމަށެވެ. "ކޮންތަނަކުން ތޯ ފައިސާ ލިބޭނީ. ފަރުދީ ދަރަނި އުފުލިގެން ދާނީ."

މެދުކަނޑާލާފައިވާ ފައިސާ އަންލޮކް ކުރުމަށް އައިއެމްއެފްއިން ޑިމާންޑްކުރި ފިސްކަލް އެޑްޖަސްޓްމަންޓްގެ ދަށުން ސަރުކާރުން ވޭންދެނިވި ފިޔަވަޅުތަކެއް އެޅުމާ އެކު އިންފްލޭޝަން ވަނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މައްޗަށް ގޮސްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!