ޔޫކްރެއިންގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް އިންޑިއާއިން ތާއީދު ކުރޭ
ޔޫކްރެއިންގެ މައްސަލަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތްތަކަށް އިންޑިއާއިން ތާއީދުކުރަނީ ޑިޕްލޮމަސީ އާއި މަޝްވަރާގެ ތެރެއިން ކުރިއަށް ދެވޭނެ މަގެއް ހޯދުމަކީ އެގައުމުން ގަބޫލުކުރާ ކަމެއް ކަމަށް ބްރިކްސް ޖަމާއަތުން މީޑިއޭޝަން ހުށަހެޅުންތަކަށް ތާއީދުކުރާ ދަނޑިވަޅެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވެއްޖެ އެވެ.
ބްރިކްސް (ބްރެޒިލް-ރަޝިއާ-އިންޑިއާ-ޗައިނާ-ސައުތު އެފްރިކާ) ގެ މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުން ކޭޕްޓައުންގައި ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ގެނައުމުގެ މަގްސަދުގައި "މެދުވެރިކަމާއި ރަނގަޅު އޮފީސްތަކުގެ ކަމާ ގުޅޭ ހުށަހެޅުންތައް ތައުރީފުކޮށް ފާހަގަކޮށްފައިވާ" ކަމަށެވެ.
ކޮންމެ ހަފުތާއަކު ބާއްވާ ނިއުސް ބްރީފިންގައި ޖޮއިންޓް ސްޓޭޓްމަންޓަކީ ޗައިނާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނަށް ތާއީދުކުރުންތޯ އެހުމުން ބަގްޗީ ވިދާޅުވީ ސުލްހައިގެ ޕްލޭނަކީ މެދުވެރިކަމުގެ މަސައްކަތެއްގެ ގޮތުގައި ސިފަކުރާނެ ކަމެއް ނުވަތަ ނޫންކަން ޔަގީން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއިން އަބަދުވެސް ތާއީދު ކުރަނީ މެދުވެރިކަމުގެ މަސައްކަތްތަކަށާއި "ޑިޕްލޮމަސީ އާއި މަޝްވަރާގެ ތެރެއިން ކުރިއަށް ދެވޭނެ މަގެއް ހޯދުމުގެ ވިސްނުމަށް" ކަމަށެވެ. އަދި އެމަގަށް މަސައްކަތް ކުރާ ކޮންމެ މީޑިއޭޝަން މަސައްކަތަކަށް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރިކްސްގެ ޚާރިޖީ ވަޒީރުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހާއި ޖެނެރަލް އެސެމްބްލީ ފަދަ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ހާމަކުރައްވާފައިވާ "ޔޫކްރެއިންގެ ޙާލަތާއި ވަށައިގެންވާ ޙާލަތާއި" ބެހޭގޮތުން އެބޭފުޅުން ގެންގުޅުއްވާ ޤައުމީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބްލެކް ސީ ގްރޭން އިނީޝިއޭޓިވްއާއި ރަޝިޔާއާއި އދ.ގެ ސެކްރެޓޭރިއަޓާ ދެމެދު ދުނިޔޭގެ ބާޒާރުތަކަށް ރަޝިޔާއާއި އދ.ގެ ސެކްރެޓޭރިއަޓާ ދެމެދު ވެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ "ފުރިހަމަ އަދި ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަށް" ގޮވާލައްވާފައެވެ.