ޚަބަރު

ޙައްޖާޖީން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ ހަ ފްލައިޓެއްގައެވެ. އެއީ  ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު އަދި ޙައްޖުވެރިންގެ ޢަދަދު:

12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (290 ޙައްޖާޖީން) – 15:10

13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 12:50

15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00

16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) – 15:10

16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00

19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ( 290 ޙައްޖާޖީން) – 15:10

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!