ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރަނީ އަސްކަރިއްޔާއިން: އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ބާރުގަދަ އަސްކަރިއްޔާއާއި އެގައުމުގެ ޖާސޫސީ އިދާރާއިން ފާޅުގައި އޭނާގެ ސިޔާސީ ޕާޓީ ހަލާކުކޮށްލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައި، އޭނާގެ މައްޗަށް އަސްކަރީ ކޯޓެއްގައި ޝަރީއަތް ހިންގައި ޖަލަށް ލާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގައި އަސްކަރިއްޔާގެ އަތްޕުޅަށް އިމްރާން މީގެ ކުރިން އިޝާރާތް ކުރެއްވި ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ލާހޯރުގެ ގެއަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ދެއްކެވި ވާހަކަތަކަކީ މިހާތަނަށް އެންމެ ހަރުކަށި ވާހަކަތަކެކެވެ.
"އެއީ މުޅިން ވެސް އެސްޓަބްލިޝްމަންޓް،" ކުރީގެ ކްރިކެޓް ހީރޯ ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެ އެވެ. "އެސްޓަބްލިޝްމަންޓްގެ މާނައަކީ އަސްކަރީ އެސްޓަބްލިޝްމަންޓް، އެއީ ހަގީގަތުގައި ވެސް މިހާރު ފާޅުކަން ބޮޑު ގޮތެއްގައި- އަޅުގަނޑު ބުނަނީ، މިހާރު އެކަން ވެސް ފޮރުވިފައެއް ނުވޭ- އެ މީހުން ތިބީ ފާޅުގައި ބޭރުގައި."
75 އަހަރުގެ ތާރީހުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގައުމު ހިންގަމުން އަންނަ އަދި އިމްރާންގެ އަތްޕުޅުން އެ ގައުމަށް ލިބިފައިވާ ބާރުތަކަށް އާންމުންގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވަނީ ވަރަށް މަދުން ނަމަވެސް ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނަކު ގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕާކިސްތާނުގެ އެންމެ މަގުބޫލު ލީޑަރު އިމްރާން އާއި އަސްކަރިއްޔާއާ ދެމެދު އަހަރެއްހާ ދުވަސް ވަންދެން ހިނގި ހަމަނުޖެހުންތަކަށް ބުރޫ އަރާފައި ވަނީ މިދިޔަ މަހު ޕާކިސްތާނުގެ އަސްކަރީ އިމާރާތްތަކާއި މުދަލަށް އޭނާގެ ސަޕޯޓަރުން ގެއްލުން ދިނުމުންނެވެ.
ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން 220 މިލިއަން މީހުންގެ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އެ ގައުމުގައި ވެސް ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ. އެ ގައުމުގެ 350 ބިލިއަން ޑޮލަރުގެ އިގްތިސާދު ވަނީ ޑިފޯލްޓްވެ، ރެކޯޑް އިންފްލޭޝަން ކޮންޓްރޯލް ކުރުމަށާއި ދަށަށް ދާ ފައިސާއާ ކުރިމަތިލާން ޖެހިފަ އެވެ.