ޓައިވާނަށް ބައިނަލްއަގުވާމީ ތާއީދު ކުރާތީ ޗައިނާގެ ޑިފެންސް މިނިސްޓަރު ކަންބޮޑުވެއްޖެ
ޗައިނާގެ ދިފާއީ ވުޒާރާއިން ވަނީ ބޭރުގެ ބައިވެރިންގެ އެހީތެރިކަމާއެކު މިނިވަންކަން ހޯދުމަށް ޓައިވާނުން އެޅި ފިޔަވަޅަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝާންގް އާއި ސިންގަޕޫރުގެ ޑިފެންސް މިނިސްޓަރު އެންޖީ އެންގް ހެން އާ ދެމެދު ބަންދުކުރި ބައްދަލުވުމެއްގެ ވާހަކަ ރިޕޯޓް ކުރައްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު ޓަން ކެފެއީ މިހެން ވިދާޅުވި އެވެ. ޓޭންގެ މި ވާހަކަތައް ހާއްސަކޮށް ފާހަގަކޮށްލެވެނީ ޓައިވާނުގެ ވެރިކަން ކުރާ ޕާޓީ، ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) ގެ ނަމުން ނަން ދީފައިވާތީ އެވެ.
ނިއުޓޯކް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެން ގެ ބަޔާނުގައި ވަނީ ކްރޮސް-ސްޓްރޭޓް ކަންކަމުގައި ޗައިނާއިން ގެންގުޅޭ ވިސްނުމުގައި ބާރުގެ ބޭނުން ކުރުން "އެއްގޮތަކަށް ވެސް" ދޫކޮށްނުލާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ވާހަކަތަކުން ވެސް ޑީޕީޕީ އަކީ ޓައިވާނުގެ ވެރިކަން ކުރާ ޕާޓީކަން ވަރަށް ސާފުކޮށް ފާހަގަކުރެވުނެވެ. ހޮންގްކޮންގްގައި ހުންނަ ސައުތު ޗައިނާ މޯނިން ޕޯސްޓުން ފާހަގަކޮށްފައިވާ ގޮތުގައި ޑީޕީޕީގެ އިޝާރާތްތައް އާންމުގޮތެއްގައި އަންނަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްގެ ބަދަލުގައި ޓައިވާން އެފެއާޒް އޮފީސް (ޓީއޭއޯ) އިންނެވެ.
ލީ އެންޖީއަށް ދެއްކެވި ވާހަކަތައް ޗައިނާގެ ސަރުކާރު ކޮންޓްރޯލް ކުރާ މީޑިއާތަކުން ތަރުޖަމާކޮށްފައި ވަނީ ތިރީގައި ވާ ގޮތަށެވެ. "ޓައިވާނުގެ މިނިވަންކަން" ހޯދުމަށް އެ ރަށުގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީގެ ކަމާބެހޭ ފަރާތްތަކުން "ބޭރުގެ ތާއީދު ހޯދުމަށް" ކުރާ އެއްވެސް މަސައްކަތެއް ޗައިނާއިން ދުވަހަކުވެސް ބަލައިނުގަންނާނެ ކަމަށާއި އަދި ބޭރުގެ ބާރުތަކުން "ޓައިވާން ބޭނުންކޮށްގެން ޗައިނާ ހިފެހެއްޓުމަށް" ކުރާ އެއްވެސް މަސައްކަތެއް ޗައިނާއިން ބަލައިނުގަންނާނެ ކަމަށެވެ.
ޓޭންގެ ނޫސް ބަޔާނަކީ ބައިނަލްއަގްވާމީ އެއްބާރުލުމާއެކު ޓައިވާނުން އެގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ޗައިނާގެ ޑިފެންސް މިނިސްޓަރު ސިންގަޕޫރުގެ ޚާރިޖީ ވަޒީރަށް ކަންބޮޑުވުން ފާޅުކުރެއްވި ކަމުގެ ސާފު އިޝާރާތެކެވެ. ޑީޕީޕީއާ ބެހޭ ގޮތުން ޓޭން ސީދާ ވާހަކަ ދެއްކެވުމުން ވެސް ޗައިނާގެ އަސްކަރިއްޔާއިން ކަންބޮޑުވަނީ ޓައިވާން ކަނޑުއޮޅިގައި ކުރިމަތިވެދާނެ ހަމަނުޖެހުންތަކުގެ ކުރިން ޓައިވާނުގެ ސަރުކާރުން އެކުވެރިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި ކާމިޔާބު ހޯދިދާނެތީ އެވެ.