ޚަބަރު

ބޮޑު އީދަށް ބޮޑު ބަންދެއް، 9 ދުވަސް ލިބޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރުގެ ބޮޑު އީދު ބަންދަށް 9 ދުވަހަށް ސަރުކާރު ބަންދުވާނެއެވެ.

Ads by STELCO

ހިޖްރީ ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫންމަހުގެ 27 ވަނަ ދުވަހެވެ. އަދި ސަރުކާރުން މިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުވަނީ  25 ޖޫން ވާ އާދިއްތަ ދުވަހާއި 26 ޖޫން ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން ޖޫން 23 ވާ ހުކުރު ދުވަހުން ފެށިގެން 1 ޖުލައި ވާ ހޮނިހިރު ދުވަހާއި ހަމައަށް ސަރުކާރު ބަންދުވާނެއެވެ.

ހައްޖު ދުވަހާއި އީދު ބަންދާއެކު މިއަހަރު 9 ދުވަހަށް ސަރުކާރު ބަންދުވާތީ ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން މުސާރަ ޖަމާކޮށްދިނުމަށް ވަނީ ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.

އީދު ބަންދަށް މިއަހަރު ގިނަ ދުވަސްތަކެއް ލިބޭއިރު މާލެއާއި އަތޮޅުތެރޭގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ތައްޔާރީތައް އަންނަނީ ވަމުންކަން ފާހަގަކޮށްލެވެއެވެ

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!