ސްވިޑެންގެ ފޮރިން މިނިސްޓަރަށް، ޝާހިދުގެ މެސެޖެއް
ސްވިޑެންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ފޮރިން މިނިސްޓަރު، ޓޮބިއަސް ބިލްސްޓްރޯމްއަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ަޝާހިދުގެ މެސެޖުގައި ވަނީ، މި އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާ އަދި އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.
އަދި ރާއްޖެ-ސްވިޑަންގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސްވިޑެން އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 44 ވަނީ ވެފައެވެ. ސްވިޑެންގެ ޤައުމީ ދުވަހަކީ، ޖޫން 6 އެވެ.
Ads by Allied Insurance