ދުނިޔެ

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތަކުގައި 25 މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގެތައް ވެއްޓި 25 މީހުން މަރުވެއްޖެއެވެ.

Ads by WAMCO

ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ބަންނޫ، ލަކްކީ މާވަތު އަދި ކަރަކް ޑިސްޓްރިކްޓަށް ހޮނިހިރު ދުވަހު ބޯކޮށް ވާރޭވެހި ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ސީނިއާ ރެސްކިއު އޮފިސަރު ޚަތީރު އަހުމަދު ވިދާޅުވި އެވެ.

ކަރަންޓު ޓްރާންސްމިޝަން ޓަވަރުތައް ވެއްޓި 145 މީހަކަށް އަނިޔާވެއްޖެ އެވެ.

އަދި ޒަހަމްވި މީހުންނަށް އިމަޖެންސީގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ. މިދިޔަ މަހު ހޫނު މޫސުމުގައި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް ޑަޒަނެއްހާ މީހުން ވަނީ މަރުވެފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ހޮނިހިރު ދުވަހު ވަނީ ތޫފާނުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާތީ ހިތާމަ ފާޅުކުރައްވައި، ރިލީފް އޮޕަރޭޝަންތަކުގެ ސްޕީޑް އަވަސް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

އަދި އަރަބި ކަނޑުން ތޫފާން ބިޕާޖޯއި ކައިރިވަމުން އަންނާތީ ޝަރީފް ވަނީ ކުއްލި ފިޔަވަޅުތަކެއް އެޅުމަށް އޮފިޝަލުންނަށް އަންގަވާފައެވެ.

ޕާކިސްތާނުގެ ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނީ، ގަޑިއަކު 150 ކިލޯމީޓަރު (ގަޑިއަކު 93 މޭލު) ބާރުމިނުގައި ވައިޖެހޭ "ސީރިއަސް އަދި ބާރުގަދަ" ތޫފާން އެގައުމުގެ ދެކުނުފަރާތަށް ދަތުރުކުރަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!