ދުނިޔެ

އިމްރާން ޚާންގެ މައްޗަށް 150 ދައުވާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާން ޚާން ވަނީ އޭނާގެ މޮޅު ކުޅުމުގެ ކެރިއަރުގައި ގިނަ ރެކޯޑްތަކެއް ހަދާފަ އެވެ. އަދި މިހާރު ހީވަނީ ކުރީގެ ބޮޑުވަޒީރު އެހެން "ވޯލްޑް ރެކޯޑެއް" މުގުރާލާފައިވާ ހެންނެވެ.

Ads by WAMCO

އިމްރާންގެ ވަކީލް ވިދާޅުވީ އިމްރާންގެ މައްޗަށް އުފުލާފައިވާ މަރުގެ އާ ދައުވާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އިސްލާމްއާބާދު ހައި ކޯޓުން އިމްރާން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށާއި އޭގެ މާނައަކީ ކުރިއަށް އޮތް 14 ދުވަހަށް އެ ދައުވާތަކާ ގުޅިގެން އިމްރާން އަލުން ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

އެއަށް ފަހު އިމްރާން ވަނީ އޭނާގެ އިހުސާސްތައް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

"މިއަދު އަހަރެން ދުނިޔޭގެ ރެކޯޑް މުގުރާލީ ކްރިކެޓްގައި ނޫން، 20 ކޭސްގައި ހާޒިރުވާން ޖެހުމުން، މިއީ އާ ރެކޯޑެއް. މީހުން މެރުމާއި ޓެރަރިޒަމާއި ގައުމިއްޔަތާ ހަމައަށް މައްސަލަތައް،" ދިގު ޓުވީޓުގައި ވިދާޅުވި އެވެ.

"ގާނޫނުގެ ވެރިކަމަށް އަބަދުވެސް އިހުތިރާމް ކުރާތީ، އަޅުގަނޑަށް ދައުވާ އުފުލާފައިވާ 150 މައްސަލައިގެ އެންމެ ކޯޓެއްގެ އަޑުއެހުމެއް ވެސް ގެއްލުވާނުލުމަށް ޓަކައި ތަނބުން އަނެއް ތަނބަށް ދުވަމުން މިދަނީ.

"މި ފެންވަރުގެ އަނިޔާގެ ސަބަބުން އިމްޕޯޓު ކުރާ ސަރުކާރު މުޅިން ބަދުނާމުވެގެން ދިޔަ ކަމެއް ނޫން، މިހާރު އެނގެނީ އަޅުގަނޑުމެންނަށް މި ފެސިޒަމް ގެނައީ ޕީޓީއައި އާ ވާދަކޮށް އިންތިހާބުން ބަލިވެދާނެ ކަމުގެ ބިރު އޮތުމުން ކަން.

"ހިތާމައަކީ މިއީ ވެސް އަޅުގަނޑުމެންގެ ގާނޫނީ ނިޒާމަށް ވަރަށް ބޮޑު ތުހުމަތެއް، ގާނޫނުތަކުގެ ބޭނުން އެހާ ފާޅުކަން ބޮޑުގޮތެއްގައި ބޭނުންކޮށްގެން ވާދަވެރިންނަށް އަނިޔާ ދެވިދާނެ ގޮތް.

"މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމަކީ ހީވެސް ނުކުރެވޭ ވަރުގެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މެއި މަހުގެ ނުވަ ވަނަ ދުވަހު އިމްރާން ހައްޔަރުކޮށް ތިން ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމުން އިމްރާންގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުންތައް ހިންގައިފަ އެވެ. ޖިނާއީ ގިނަ މައްސަލަތަކެއްގައި އޭނާ މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!