ދުނިޔެ

ޗައިނާގައި ކައިވެނި ކުރާ މީހުންގެ އަދަދު ރިކޯޑް މިންވަރަކަށް ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ހަރުކަށި ލޮކްޑައުންތަކުގެ ސަބަބުން މެޓްރިމޯނިއަލް ޖުމުލައަށް އަސަރުކުރި ކަމުގައި ވިޔަސް، 2022 ވަނަ އަހަރު ޗައިނާގައި ކައިވެނީގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ނޫސް "ޔީކާއީ" އިން ބުނެފި އެވެ.

Ads by Sosun Fihaara

ސިވިލް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކައިވެނި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ 6.83 މިލިއަން ދެމަފިރިންނެވެ.

މިދިޔަ އަހަރު ހަފުތާތަކެއް ވަންދެން އެތައް މިލިއަން ބަޔަކު ގޭގައި ނުވަތަ ކޮމްޕައުންޑްތަކުގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ދެމަފިރިން ކައިވެނި ކުރާ މިންވަރު ދަށަށް ގޮސްފައި މިވަނީ އުފަންވާ ނިސްބަތް ދަށަށް ދިއުމާއި އާބާދީ ދަށަށް ދިއުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

2022 ވަނަ އަހަރު ޗައިނާގެ އާބާދީ 6 00 އަހަރަށްފަހު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވާއިރު، މިއީ އެޤައުމުގެ އިޤްތިޞާދަށާއި މުޅި ދުނިޔެއަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ، އެޤައުމުގެ ރައްޔިތުންގެ ޢަދަދު ދިގު މުއްދަތަކަށް ދަށަށް ދިއުމުގެ ފެށުން ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ޗައިނާގެ އުފަންވާ ނިސްބަތް ވަނީ ކޮންމެ 1،000 މީހަކަށް 6.77 އަށް ދަށްވެފަ އެވެ.

ޑިމޮގްރާފަރުން އިންޒާރު ދެނީ ޗައިނާ މުއްސަނދިވުމުގެ ކުރިން މުސްކުޅިވާނެ ކަމަށާއި، ޗައިނާގެ މަސައްކަތްތެރިން މަދުވެ ދަރަނިވެރިވެފައިވާ ލޯކަލް ސަރުކާރުތަކުން އެމީހުންގެ މުސްކުޅި އާބާދީއަށް ބޮޑު ހޭދައެއް ކުރާތީ ކަމަށެވެ.

ކައިވެންޏަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އެގައުމުގައި އުފަންވާ ނިސްބަތް އިތުރުކުރުމުގެ ގޮތުން ޗައިނާއިން މިދިޔަ މަހު ބުނެފައި ވަނީ "އާ ޒަމާނުގެ" ކައިވެންޏާއި ދަރިން ހޯދުމުގެ ސަގާފަތެއް އުފެއްދުމަށް 20 އަށް ވުރެ ގިނަ ސިޓީގައި ޕައިލެޓް ޕްރޮޖެކްޓްތައް ފަށާނެ ކަމަށެވެ.

އަދި ބައެއް ޕްރޮވިންސްތަކުން އަންނަނީ އަލަށް ކައިވެނިކުރާ ޒުވާން ދެމަފިރިންނަށް މުސާރައިގެ ކައިވެނީގެ ޗުއްޓީގެ މުއްދަތު އިތުރުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!