ޗައިނާއިން ކިއުބާގައި ތިބެ ޖާސޫސް ކުރާ: އެމެރިކާ
ކިއުބާގައި ޖާސޫސް ކުރުމުގެ އާ މަސައްކަތެއް ކުރަމުންދާ ކަމުގެ ރިޕޯޓަކާ ގުޅިގެން ބައިޑަން ސަރުކާރުގެ އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވީ ޗައިނާއިން ކިއުބާއިން ޖާސޫސް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި 2019 ވަނަ އަހަރު އެ ގައުމުގެ އިންޓެލިޖެންސް ކަލެކްޝަން ފެސިލިޓީތައް އަޕްގްރޭޑް ކޮށްފައިވާ ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފްލޮރިޑާއާ ގާތްގަނޑަކަށް 100 މޭލު (160 ކިލޯމީޓަރު) ދުރުގައި އޮންނަ ކިއުބާގައި އިލެކްޓްރޯނިކް އީވްސްޑްރޮޕިން ފެސިލިޓީއެއް ގާއިމުކުރުމަށް ޗައިނާއިން ކިއުބާއާ އެކު ސިއްރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ނަމަވެސް އެމެރިކާ އާއި ކިއުބާގެ ސަރުކާރުން ވަނީ އެ ރިޕޯޓާ މެދު ވަރަށް ބޮޑަށް ޝައްކު އުފައްދައިފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ބައިޑަން ސަރުކާރުގެ އޮފިޝަލް ވިދާޅުވީ މީޑިއާގެ ކެރެކްޓަރައިޒޭޝަން "އަހަރެމެންގެ ވިސްނުމާ އެއްގޮތް ނުވާ" ކަމަށާއި ނަމަވެސް އެ ރިޕޯޓަކީ ގޯސް ރިޕޯޓެއް ކަމެއް އަދި ކިއުބާގައި އާ އީވްސްޑްރޮޕިން ފެސިލިޓީއެއް އެޅުމަށް ޗައިނާއިން މަސައްކަތް ކުރިކަން ތަފްސީލުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މި މައްސަލައަކީ ޖޯ ބައިޑަންގެ ވެރިކަމުގެ ކުރިން ދިމާވި މައްސަލައެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓެލިޖެންސް ކަލެކްޝަން އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ބެއިޖިން އިން ކުރި މަސައްކަތްވެސް ހިމެނޭ ކަމަށެވެ.
"މިއީ މިހާރު ހިނގަމުންދާ މައްސަލައެއް، އާ ކުރިއެރުމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ. "ޕީއާރުސީ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އިން 2019 ވަނަ އަހަރު ކިއުބާގައި އިންޓެލިޖެންސް ކަލެކްޝަން ފެސިލިޓީތައް އަޕްގްރޭޑް ކުރި. އިންޓެލިޖެންސް ރެކޯޑުގައި މިކަން ވަރަށް ރަނގަޅަށް ލިޔެވިފައި އެބަހުރި."