ޚަބަރު

އިންޑޯ-މޯލްޑިވްސް ޖޮއިންޓް މިލިޓަރީ އެކްސަސައިޒް "އެކުވެރިން" އިންޑިއާގައި ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާ އަސްކަރިއްޔާއާއި ދިވެހި ޤައުމީ ދިފާޢީ ބާރު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު "އެކްސް އެކުވެރިން" ގެ 12 ވަނަ އެޑިޝަން މިމަހުގެ 11 އިން 24 އަށް އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރަކަންދުގެ ޗައުބަޓިއާގައި ފަށައިފިއެވެ.

Ads by MWSC

މިއީ އިންޑިއާ އާއި ރާއްޖޭގައި އޮލްޓަނޭޓިވްކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ އެކްސަސައިޒެކެވެ. 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސަސައިޒްގައި އިންޑިއާގެ އަސްކަރިއްޔާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްލެޓޫން ސްޓްރެންތް ކޮންޓިންޖެންޓެއް ބައިވެރިވާނެއެވެ.

މި އެކްސަސައިޒަކީ އދ.ގެ މެންޑޭޓްގެ ދަށުން ކައުންޓަރ އިންސަރޖެންސީ/ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްގައި އިންޓަރއޮޕަރަބިލިޓީ އިތުރުކޮށް، ޖޮއިންޓް ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް އޮޕަރޭޝަންތައް ހިންގުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގެ 11 ވަނަ އެޑިޝަން ރާއްޖޭގައި ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ހަރަކާތުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އިންޑިއާއާއި ރާއްޖެއަކީ އިޤްތިޞާދީ، ޘަޤާފީ އަދި އަސްކަރީ ދާއިރާއިން ވަރަށް ގާތް އަދި އެކުވެރި ގުޅުމެއް އޮންނަ ޤައުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!