ދުނިޔެ

އިންޑިއާއާއެކު ވިޔަފާރިކުރާއިރު ރުޕީސް ބޭނުން ކުރަން މިޔަންމާއަށް އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިޔަންމާގެ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ޖަމިއްޔާގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިޔަންމާގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް މިޔަންމާގެ ސަރުކާރަށް އެންޑީއައިއޭ އިން އެދިފައިވާ ކަމަށެވެ.

Ads by WAMCO

އިންޑިއާގެ އެކްސްޕޯޓަރުންގެ ވަފުދެއް ވަނީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިޔަންމާގެ ވިޔަފާރީގެ ވަޒީރު ޔޫ.އަންގް ނައިގްން އޫއާ އިރުމަތީގެ ސިޓީއެއް ކަމަށްވާ ކަލްކަތާގައި ބައްދަލުކުރައްވައި އެ މައްސަލަ ފާހަގަކުރައްވާފައެވެ.

"މިޔަންމާގެ މިނިސްޓަރު ވަނީ އާ މެކޭނިޒަމް ވަރަށް އަވަހަށް އޮޕަރޭޓް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި،" ބައްދަލުވުމަށް ފަހު އިންޖިނިއަރިން އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލްގެ ކުރީގެ ޗެއާމަން ޕީކޭ ޝާހު ރޮއިޓާސް އަށް ވިދާޅުވި އެވެ.

ބޭރު ފައިސާގެ ރިޒާވްގެ ދަތިކަން ކުރިމަތިވެފައިވާ މިޔަންމާއިން މިދިޔަ އަހަރު ވަނީ އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ރަސްމީ ސެޓްލްމަންޓް ކަރަންސީއެއްގެ ގޮތުގައި ތައި ބަހްތާއި ޗައިނާގެ ރެންމިންބީއާ އެކު އިންޑިއާ ރުޕީސް ވަރަށް އަވަހަށް ބަލައިގަންނަން ފަށާނެ ކަމަށް ބުނެފަ އެވެ.

މި އިންތިޒާމްގެ ސަބަބުން އިންޑިއާއިން ފާމަސޫޓިކަލް އަދި އުފެއްދުންތެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގެ އިތުރުން މިޔަންމާއިން ދަޅު، ލަކުޑި އަދި އެހެނިހެން ބާވަތްތައް އިމްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކްސްޕޯޓްކުރާ ފަރާތްތަކުން ބުނެއެވެ.

ޝާހު ވިދާޅުވީ ލޯކަލް ކަރަންސީތައް މެދުވެރިކޮށް އާ ވިޔަފާރީގެ ނިޒާމު އެކްޓިވޭޓް ކުރުމުން ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް 1.8 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!