ދުނިޔެ

ޑީއިންފްލޭޝަން އިންޑިއާއިން ކުރިޔަށް ގެންދަނީ ވަރަށް ހޭލުންތެރިކޮށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)ގެ ގަވަރުނަރު ޝިކާންތާ ދާސް ވިދާޅުވީ އިންޑިއާގައި ޑިސްއިންފްލޭޝަން މަރުހަލާ ލަސްވެ ދިގުލައިގެން ދާނެ ކަމަށާއި ހަތަރު ޕަސެންޓުގެ އިންފްލޭޝަން ޓާގެޓް ހާސިލްވާނީ މެދު ރާސްތާގައި ކަމަށެވެ.

Ads by Sosun Fihaara

ލަންޑަންގައި ސެންޓްރަލް ބޭންކިންއިން އިންތިޒާމްކޮށްގެން ބޭއްވި ހޫނު މޫސުމުގެ ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވަމުން ދާސް ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަނިޓަރީ ޕޮލިސީގެ ފިޔަވަޅުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު އަދިވެސް ފެންނަމުން އަންނަ ކަމަށާއި އަދިވެސް މުޅިން ހަގީގަތަކަށް ނުވާ ކަމަށެވެ.

"2023-24 ވަނަ އަހަރަށް އަޅުގަނޑުމެންގެ އިންފްލޭޝަން ޕްރޮޖެކްޝަން ދަށް ނަމަވެސް، 5.1 ޕަސެންޓުގައި އަދިވެސް ހުންނާނީ ޓާގެޓަށް ވުރެ މާ މަތީގައި،" އޭނާ ވިދާޅުވި އެވެ.

އާރްބީއައިގެ ވެރިޔާ އިސްކޮށް ހުންނަވާ އެ ގައުމުގެ މަނިޓަރީ ޕޮލިސީ ކޮމިޓީ (އެމްޕީސީ) އާ ހަވާލުކޮށްފައި ވަނީ މެދުރާސްތާގައި އިންފްލޭޝަން 4 ޕަސެންޓަށް ދަށްކޮށް ދިގު މުއްދަތުގައި ދެ ޕަސެންޓާއި ހަ ޕަސެންޓާ ދެމެދުހިފެހެއްޓުމެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ އަހަރީ ރީޓެއިލް އިންފްލޭޝަން އޭޕްރީލް މަހު 4.7 އިންސައްތައިން މެއި މަހު 4.25 އިންސައްތައަށް ފިނިވި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އަގުތައް ހިފެހެއްޓޭނެ ކަމަށް އެނަލިސްޓުން ލަފާކުރެއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ އެސެސްމަންޓަށް ބަލާއިރު، ޑިސްއިންފްލޭޝަން ޕްރޮސެސް ލަސްވެ ދިގުލައިގެން ދިއުމުގެ ފުރުސަތު އެބައޮތް، މެދުރާސްތާގައި އިންފްލޭޝަން ޓާގެޓަށް 4 ޕަސެންޓްގެ ކޮންވާޖެންސް ހާސިލް ކުރެވޭނެ،" މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެމްޕީސީގެ ޕްރޮޖެކްޝަން ތަކުރާރު ކުރައްވަމުން ގަވަރުނަރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!