އިދިކޮޅުން އެޗްއާރްސީއެމްގައި ހަތަރު ގަޑިިއިރު، އޮފީސް ދޮރުމަތި ފުލުހުން ބަންދުކޮށްފި

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ވަޑައިގަތުމުން އެ އޮފީސް ބަންދުކޮށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އިދިކޮޅު ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިއަދު 12:45 އިން ފެށިގެން ޕީޕީއެމް، ޕީއެންސީގެ ލީޑަރުން އެޗްއާރްސީއެމްގެ މެންބަރުންނާއި ބައްދަލު ކުރުމަށް ވަޑައިގެންނެވި ގޮތަށް އަދިވެސް އެބޭފުޅުން ތިއްބެވީ އެޗްއާރްސީއެމްގައި ކަަމަށެވެ.
އަދި އެއްވެސް މެންބަރަކު އެބޭފުޅުންނާއި ބައްދަލު ކުރައްވަން ވަގުތުދީފައިނުވާ ކަމަށާއި ފުލުހުން އޮފީސް ދޮރުމަތި ބަންދުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
”އެތަނުގައި ތިއްބެވި މެންބަރުން ފާހަނަ ބޭނުން ކުރުމުގެ އެކްސެސްވެސް ކޮމިޝަނުން ނުދިން. އަދި ފެންފޮދަކަށް އެދުމުން އެތަނުން ފެން ފުޅިއެއްވެސް ނުދިން” ހީނާ ވިދާޅުވިއެވެ.
އެޗްއާރްސީއެމްގައި ތިއްބެވި މެމްބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖްލީހުގެ މެންބަރު އަޙްމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރِާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނެއެވެ.