ވިޔަފާރި

އުރީދޫ ޙައްޖު ރޯމިންގައި 90 ޕަސެންޓް ޑިސްކައުންޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޯމިން ރޭޓުން %90 އާއި ހަމައަށް ޑިސްކައުންޓް ލިބޭ ހައްޖު ސިމް އަދި ސައުދި އަރަބީއްޔާއަށް ހާއްސަ ރޭޓެއްގައި ގުޅާލެވޭ އައިއީޑީ ޕެކް އުރީދޫއިން ތަޢާރަފް ކޮށްފިއެވެ.

Ads by Sosun Fihaara

މިއީ ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސައުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ ތަޢާރަފް ކޮށްފައިވާ އޮފާތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. ހައްޖު ސިމް އަދި ސައުދީ އައިޑީޑީ ޕެކް މެދުވެރިކޮށް ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ރައްޖޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ރޯމިން ރޭޓުން 90 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ހައްޖުވެރިންނަށް ހާއްސަ ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުން ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ ސިމް މިހާރު ގެންގުޅުއްވާ ސިމް ކާޑު ހައްޖު ސިމަކަށް ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުން އަޕްގްރޭޑް ކުރެވޭނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

މި ސިމްތަކަށް ރޯމިން ޑޭޓާ ސާވިސް އުރީދޫ ސެލްފް ކެއަރ ޕޯޓަލް ނުވަތަ އެކްސްޕީރިއަންސް ސެންޓަރ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި 6#*929* އަށް ގުޅައިގެންވެސް ޚިދުމަތް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، ނުވަތަ އާދައިގެ ސިމް ކާޑަކަށް ފަސޭހައިން ބަދަލު ކުރެވޭނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ. އަދި ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން "އޮޓޮމެޓިކް" އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ފާހަގަކުރެއެވެ.

އުރީދޫން މިފަހަރުގެ ހައްޖާއި ދިމާކޮށް ތައާރަފްކޮށްފައިވާ ސައުދީ އައިޑީ ޕެކް މެދުވެރިކޮށް ރާއްޖޭގައި ތިއްބަވާ ހައްޖުވެރިންގެ އާއިލާ އާއި ރައްޓެހިންނަށް އެންމެ 150 ރުފިޔާއަށް 100 ސައުދީ އައިޑީޑީ މިނެޓާއި 1 ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބޭނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައްލަވައިގަނެވޭ މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ "D150" ޖެއްސެވުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރުމަށް އުރީދޫން އެދެއެވެ.

ހައްޖު މަހާއި ދިމާކޮށް ތަފާތު ގިނަ އޮފާތަކެއް އަބަދުވެސް ތަޢާރަފްކުރާ އުރީދޫއިން ޤަބޫލު ކުރާ ގޮތުގައި މިފަހަރު ތައާރަފް ކުރެވުނު އޮފާތަކާއި އެކު ދަތުރުވެރިންނާއި އާއިލާއަށް ހެޔޮއަގެއްގައި ފަސޭހަކަމާއި އެކު ގުޅާލެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!