އިނގިރޭސިވިލާތުގެ ސެކިއުރިޓީ މިނިސްޓަރު, ޓައިވާނުގެ އޮފިޝަލުންނާ ބައްދަލު ކުރައްވައިފި
އިނގިރޭސިވިލާތުގެ ސެކިއުރިޓީ މިނިސްޓަރު ޓޮމް ޓުގެންދަޓް، ޓައިވާނުގެ ޑިޖިޓަލް މިނިސްޓަރާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށް އެ މަޝްވަރާތަކާ ބެހޭ މައުލޫމާތު ހުރި މީހުން ބުނެފި އެވެ.
ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އިނގިރޭސިވިލާތުން ރަސްމީކޮށް ބަލައިގަންނަ އިރު، 1972 ވަނަ އަހަރުން ފެށިގެން އެ ގައުމާ އެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ބާއްވާފައެއް ނުވެ އެވެ. އިނގިރޭސިވިލާތުގެ ޖޫނިއާ މިނިސްޓަރުން ޓައިވާނުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވި ނަމަވެސް، އެ މުއާހަދާއަކީ އިނގިރޭސި ވިލާތުގެ އިސް ވަޒީރުން ޓައިވާނުގެ އޮފިޝަލުންނާ ބައްދަލު ނުކުރެއްވުމެވެ.
ޓައިވާނުގެ މިނިސްޓަރު އޮޑްރީ ޓޭންގްއާ އެކު ބޭއްވި ބައްދަލުވުމަކީ ދެގައުމުގެ ސަލާމަތީ މަސްލަހަތާ ގުޅޭ ބައްދަލުވުމެއް ކަމަށް އެއް ފަރާތަކުން ބުންޏެވެ.
ޑިމޮކްރެޓިކް އުސޫލުން އަމިއްލަ އަށް ވެރިކަން ކުރާ ޓައިވާނަކީ އެ ގައުމުގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކޭ އިރު، އެ ގައުމަށް ބޭރުގެ ނުފޫޒު ފޯރުވާ ކަމަށް ބެލެވޭތީ ޗައިނާއިން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަ އެވެ.
މީގެ ދެ އަހަރު ކުރިން ޝިންޖިއާންގައި އިންސާނީ ހައްގުތަކަށް އަރައިގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޓުގެންދަތަކީ ކެބިނެޓްގެ ފުރިހަމަ ވަޒީރެއް ނޫން ކަމަށާއި، ޓެރަރިޒަމާއި ދާޚިލީ ދައުލަތުގެ ނުރައްކާތަކާއި އިގްތިސާދީ ޖަރީމާތައް ހުއްޓުވުމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ސެކިއުރިޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ކެބިނެޓް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ބެއިޖިންގެ އަމަލުތަކާ މެދު ކަންބޮޑުވާ ޑިމޮކްރެޓިކް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހިމެނޭ އިންޓަ ޕާލަމެންޓްރީ އެލަޔަންސް އޮން ޗައިނާގެ އެގްޒެކެޓިވް ޑިރެކްޓަރު ލޫކް ޑި ޕުލްފޯޑް ވިދާޅުވި ގޮތުގައި މިއީ ކެބިނެޓްގައި ބައިވެރިވެވަޑައިގަންނަވާ އިނގިރޭސި ވަޒީރަކު ޓައިވާނުގެ ވަޒީރަކާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
އަދި މިއީ ވަރަށް ބޮޑަށް މަރުހަބާ ކިޔާ އަދި ރަނގަޅު މެސެޖެއް ދޭ ކަމެއް ކަމަށެވެ. "ސެކިއުރިޓީ މިނިސްޓަރަށް މަރުހަބާ ކިޔަންވީ އެހެން ޑިޕާޓްމަންޓްތަކުގެ ޕްރެޝަރު ކުޑަކޮށް، އާ ނަމޫނާއެއް ދެއްކުމުން، މިހާރު ހުރިހާ ވަޒީރުންނަށް ވެސް އަމަލު ކުރެވޭނެ."
މި ބައްދަލުވުމުގެ ނާޒުކުކަން ހާމަވެގެން ދިޔައީ، މަޝްވަރާ ކުރެވުނު ކަންކަމާ ބެހޭގޮތުން ރޮއިޓާސްއާ ވާހަކަ ދެއްކުމަށް، އެ މަގާމުގައި ތިއްބެވި ބައެއް އޮފިޝަލުންނާއި ޑިޕާޓްމަންޓްތަކުން ދެކޮޅު ހެއްދެވުމުންނެވެ.
ހޯމް އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ޕްރައިވެޓް މިނިސްޓަރުންގެ ބައްދަލުވުންތަކާ ބެހޭ ގޮތުން އާންމުކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.