ދުނިޔެ

އިންޑިއާ-އެފްރިކާ ގުޅުން އިތުރު ހަރުފަތަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ވަން އާތު ވަން ހެލްތް" އާއި "ވަސުދައިވާ ކުޓުމްބަކަމް" ގަބޫލުކުރުމުގެ ދަށުން އިންޑިއާއިން އެފްރިކާ ކޮންޓިނެންޓްގެ 42 ގައުމަކަށް "މޭޑް އިން އިންޑިއާ" ކޮވިޑް ވެކްސިން ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

Ads by WAMCO

18 ވަނަ ސީއައިއައި-އެގްޒިމް ބޭންކް ކޮންކްލޭވް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ޕެންޑެމިކްގެ ދުވަސްވަރު ވެސް އިންޑިއާއިން އެފްރިކާއާ ގުޅުން ބަދަހިކުރަމުން ދިޔަ ކަމަށެވެ. ސީއައިއައި-އެގްޒިމް ބޭންކް އެފްރިކާ ކޮންކްލޭވްގެ 15 ވަނަ އަދި 16 ވަނަ އެޑިޝަން ހަގީގަތުގައި ބޭއްވި ނަމަވެސް އެ ކޮންކްލޭވްތައް ބާއްވާފައި ވަނީ ވާޗުއަލްކޮށެވެ. އެފްރިކާގައި ތިބި އަޅުގަނޑުމެންގެ ރަހުމަތްތެރިންނަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 32 ގައުމަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މި ކޮންޓިނެންޓްގެ 42 ގައުމަކަށް "މޭޑް އިން އިންޑިއާ" ކޮވިޑް ވެކްސިން ފޯރުކޮށްދިނީ. އެއީ އަޅުގަނޑުމެންގެ ބޮޑުވަޒީރުގެ "ވަން އާރތު ވަން ހެލްތް" ގެ ތަޞައްވުރާއި " ވަސުދައިވާ ކުޓުމްބަކަމް" އަށް އަޅުގަނޑުމެންގެ ޘަޤާފީ ޢަޤީދާއާ އެއްގޮތްވާ ގޮތުގެ މަތިން. އެފްރިކާގެ ގައުމުތަކުގައި ޖޮއިންޓް މެނުފެކްޗަރިން ފެސިލިޓީތައް ހޯދުމަށް އިންޑިއާގެ ފާމާ އުފައްދާ ފަރާތްތަކާއި ވެކްސިން އުފައްދާ ކުންފުނިތަކަށް މިހާރު ބާރު އަޅަމުން މިދަނީ. ހަމަ އެހާމެ މުހިންމު ކަމަކީ އެފްރިކާގެ ޕާޓްނަރުންނާ އެކު ޑަބްލިއުޓީއޯގައި ވެސް ވެކްސިންގެ އެކްސެސިބިލިޓީ އާއި އެފޯޑެބިލިޓީ އިތުރުކުރުމަށް ހަނގުރާމަކޮށްފައި ވޭ،" އެމްއީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި ވާޗުއަލް އެޑިއުކޭޝަނާއި ބޭސްފަރުވާގެ ހިދުމަތާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. ޖައިޝަންކަރު ވިދާޅުވީ ޓެލެ އެޑިއުކޭޝަނާއި ޓެލެ މެޑިސިންއަށް އިންޑިއާއިން އީ-ވިދްޔާބާރްތީ އާއި އީ-އާރޯގްޔާ ބަރްތީ ނެޓްވޯކް ތައާރަފްކުރީ 2019 ވަނަ އަހަރު ކަމަށެވެ.

މި އިނީޝިއޭޓިވްގެ ދަށުން އެފްރިކާގެ 22 ގައުމަކުން 14،000 އަށް ވުރެ ގިނަ ޒުވާނުން ވަނީ އެކި ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކަށް ނަން ނޯޓްކޮށްފަ އެވެ. އައިޓީ ސެންޓަރުތަކާއި އެސްއެންޑްޓީ ޕާކްސް އެންޓަޕްރެނިއަރ ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ފަދަ ތަންތަން ގާއިމުކޮށް ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮމޯޓް ކުރުމަށް އެފްރިކާގެ ގައުމުތަކާ އެކު އިންޑިއާ އިން ވަނީ ބައިވެރިވެފަ އެވެ. ޑިޖިޓަލް ޑޮމެއިންއާ ގުޅޭ ގޮތުން ބަލާއިރު، އިންޑިއާއިން އިތުބާރު ކުރުމާއި ޓްރާންސްޕޭރެންސީއަށް ދޭ އަހަންމިއްޔަތުގެ ސަބަބުން އެފްރިކާގެ ގުދުރަތީ ބައިވެރިއެކެވެ. ވިޔަފާރީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ބަލާއިރު 2022-23 ވަނަ އަހަރު އިންޑިއާ އާއި އެފްރިކާގެ ވިޔަފާރީގެ އަގު ވަނީ 98 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!