ފުއާދު ހުންނެވީ ނުފޫޒެއްގެ ދަށުގައި ކަމަށްބުނެ, މިރޭ ޑިމޮކްރެޓްސް ރެޖިސްޓްރީކޮށްނުދިން
ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން އިސް ނަންގަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ , "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އަދި ނުދޭން އިލެކްޝަން ކޮމިޝަނުން މިރޭ ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނި މިރޭ އިލެކްޝަނުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުން އެކަމާ ދެކޮޅު ހެއްދެވުމުންނެވެ.
“އެ ބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މި މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ކަމަށް, އެ ބޭފުޅުން ބޭނުންފުޅުވަނީ އަލުން ހުރިހާ އެއްޗެހި ޗެކް ކުރަން ކަމަށް. ތިން މަސް ދުވަސް ޤާނޫނުން ދޭތީވެ” މިރޭ ހުއްދަ ނުދޭން ނިންމި ސަބަބު ބަޔާންކޮށްދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީޤް މިރޭ ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، މި ވަގުތު ތިއްބެވި ހަތަރު މެމްބަރުންގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ދިން ވޯޓު ވަނީ ދެ ވޯޓު، ދެ ވޯޓުން އެއްވަރު ވެފައި ކަމަށެވެ.
“ދެ ވޯޓު ލިބުނީމައި އަޅުގަނޑު ނިންމިން ފާސްވެއްޖެ ކަމަށް. އެކަމަކު އަގްލަބިއްޔަތު ނެތުމުން ފާހެއް ނުވާނެ ކަމަށް ވަނީ ދެ ވޯޓު ދެ ވޯޓުން ނެއް،" ފުއާދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ. ޕާޓީ އުފެއްދުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅީ 3560 ފޯމާއިއެކުއެވެ.
ޑިމޮކްރެޓިކް މީހުން ފުއާދު ހިސޯރުކޮށްގެން އެތިބީ އޮފީސް ތެރޭގައި އޭނަޔަށް ގެޔަށް ދިޔެނާނުދީ ބޮޑުވަރު !