ދުނިޔެ

މޯދީގެ ދަތުރުފުޅުގައި އިންޑިއާ އާއި އެމެރިކާއިން ޖައްވީ ގުޅުން ބަދަހިކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖޫން މަހުގެ 22 ވަނަ ދުވަހު ވޮޝިންޓަން ޑީސީއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ އާއި އެމެރިކާ އިން އިންސާނުންގެ ޖައްވީ އުދުހުންތަކާއި ޕްލެނެޓަރީ ޑިފެންސް އަދި ކޮމާޝަލް ސްޕޭސް އެކްޓިވިޓީގެ ތިން ދާއިރާއަކުން ޖައްވީ ދާއިރާއާ ގުޅުން ބަދަހިކުރާނެ ކަމަށް އެ މަޝްވަރާތައް ދަންނަ މީހުން ބުނެ އެވެ.

Ads by Sosun Fihaara

އާޓެމިސް އެކޯޑްސްގައި ނިއު ދިއްލީ ބައިވެރިކުރުމާ ބެހޭ ގޮތުން ވެސް ދެ ގައުމުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ކަމަށްވާ ޖޭކް ސުލިވަން އާއި އަޖިތު ޑޯވާލް މިދިޔަ ޖެނުއަރީ މަހު އެއްބަސްވި ކްރިޓިކަލް އެންޑް އިމާޖިން ޓެކްނޮލޮޖީސް (އައިސީއީޓީ) ގެ އިނީޝިއޭޓިވްގެ ދަށުން ވައިޓް ހައުސްގެ ފެކްޓްޝީޓްގައި ހިއުމަން ސްޕޭސް ފްލައިޓް ކޯޕަރޭޝަން ހަރުދަނާ ކުރުމުގެ ވާހަކަ ވަނީ ފާހަގަކޮށްފަ އެވެ. ޖޮއިންޓް ވޯކިން ގްރޫޕެއް މެދުވެރިކޮށް ވިޔަފާރީގެ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އިނޮވޭޓިވް އެޕްރޯޗްތައް ދެނެގަތުން؛ އަދި ޕްރޮފެޝަނަލް އިންޖިނިއަރ އަދި ސައިންޓިސްޓް އެކްސްޗޭންޖް ޕްރޮގްރާމް ފުޅާކޮށް އާ ހުނަރުވެރިން ދެނެގަނެ، އެކްސްޗޭންޖްތަކަށް ހިތްވަރުދިނުމެވެ.

މޯދީގެ މި ދަތުރުފުޅުގައި މަޝްވަރާތައް ދަންނަ ބޭފުޅުން ވިދާޅުވީ ހުރިހާ ރޮނގަކުން ވެސް ހަރަކާތެއް ހިނގާނެ ކަމަށެވެ. ހިއުމަން ސްޕޭސް ފްލައިޓްގައި އެސްޓްރޮނޯޓް ތަމްރީނާއި ކްރޫ ރެސްކިއު އަދި އެހެނިހެން ހަރަކާތްތަކުގައި އިތުރަށް ގުޅުން ބަދަހިވާނެ ކަން އެނގެ އެވެ.

ޖެނުއަރީ މަހުގެ ފެކްޓްޝީޓުގައި ބުނެފައި ވަނީ "ނާސާ ޖޯންސަން ސްޕޭސް ސެންޓަރުގެ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)/ޑިޕާޓްމަންޓް އޮފް ސްޕޭސް އެސްޓްރޮނޯޓަކަށް އެޑްވާންސް ޓްރެއިނިން" ހިމެނޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!