ދުނިޔެ

އިންޑިއާއަށް އުފަން ކްލައިމެޓް ރިސާޗަރަށް ނެދަލޭންޑްސްގެ ސައިންސްގެ އެންމެ މަތީ އިނާމު ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނެދަލޭންޑްސްގެ އެންމެ މަތީ ސައިންޓިފިކް ޝަރަފު ކަމަށްވާ ސްޕިނޯޒާ ޕްރައިޒަށް ޔުނިވާސިޓީ އޮފް އެމްސްޓަޑަމްގެ އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް ގެ ޕްރޮފެސަރު އަދި ކްލައިމެޓް ޗޭންޖް ރިސާޗަރު ޖޮއީތާ ގުޕްތާ ހޮވައިފި އެވެ.

Ads by WAMCO

ނެދަލެންޑްސްގެ ނޮބެލްގެ ނަމުން ބައެއް ފަހަރު ސިފަކުރާ 1.5 މިލިއަން ޔޫރޯގެ ސްޕިނޯޒާ އިނާމު އޮކްޓޯބަރު މަހު އެކަމަނާއަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ދިއްލީއަށް އުފަން ގުޕްތާ އާއި އާތު ކޮމިޝަނުގައި މަސައްކަތް ކުރާ އޭނާގެ ބައެއް ބައިވެރިން މޫސުމަށް އަންނަ ބަދަލުތަކުން ބޭރުން ތިމާވެށީގެ ގިނަ މައްސަލަތަކަށް ރައްކާތެރި ޕްލެނެޓަރީ ތްރެޝްހޯލްޑްތަކެއް ކަނޑައެޅުމަށް ނެރުނު ރިޕޯޓެއްގައި ބަޔޯޑައިވާސިޓީ، އޯޝަން އެސިޑިފިކޭޝަން އަދި އެރޯސޯލްސް ހިމެނެ އެވެ. ނޭޗާގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައި ވަނީ އެ ރިޕޯޓުގައި ކަނޑައަޅާފައިވާ އަށް ތްރެޝްހޯލްޑްގެ ތެރެއިން ހަތް ތްރެޝްހޯލްޑް މިހާރު ވެސް ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.

ގުޕްތާގެ އިންޓަޑިސިޕްލިނަރީ ރިސާޗް މަސައްކަތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މޫސުމީ ކާރިސާއާއި ފެނުގެ މައްސަލަތަކާއި އަދުލު އިންސާފުގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ޝަރަފެއް. މީގެ ކުރިން މި އެވޯޑް ހާސިލްކޮށްފައިވާ ސައިންސްވެރިން ތަމްސީލު ކުރަނީ ނެދަލޭންޑްސްގެ އެކަޑެމިކްގެ އެންމެ މޮޅު މީހުން، އެހެންވީމަ އެ ބޭފުޅުންނާ އެކު ވިސްނާލުމަކީ އަޅުގަނޑު ފަޚުރުވެރިވާ ކަމެއް،" ގުޕްތާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!