ދުނިޔެ

ގްރީސްގައި ބަންޑުން ޖަހާލި ބޯޓް: ޕާކިސްތާންގެ އެތައް ބަޔަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި މިދިޔަ ހަފުތާގައި ގްރީސް ކައިރިން ރެފިއުޖީ ބޯޓެއް އަޑިއަށް ގޮސް، އެ ގައުމުގެ އެތައް ސަތޭކަ ރައްޔިތުންނެއް މަރުވި ކަމުގެ ބިރު ހީވެފައި ވަނިކޮށް، ޕާކިސްތާނުން ހިތާމައިގެ ދުވަހެއް ފާހަގަ ކުރަން ފަށައިފި އެވެ.

Ads by Sosun Fihaara

ޕެލޮޕޮނީސް ޕެނިންސިއުލާ ކައިރިން ބުދަ ދުވަހު ބޯޓު އަޑިއަށް ދިޔައިރު ޔޫރަޕަށް ދަތުރުކުރަމުން ދިޔަ މަސްދޯންޏެއްގައި ތިބި 750 މީހުންގެ ތެރޭގައި ޕާކިސްތާނުގެ ސަތޭކައަށްވުރެ ގިނަ މީހުންނާއި މިސްރު، ސޫރިޔާ އަދި ފަލަސްތީނުގެ ރައްޔިތުން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ މީހުން ސަލާމަތްކޮށްފައިވާ އިރު ކަނޑުމަތިން 78 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ ސަލާމަތްކުރި މީހުންގެ ތެރޭގައި ޕާކިސްތާނުގެ 12 މީހަކު ހިމެނޭ ކަމަށެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަނާއި ޔުނައިޓެޑް ނޭޝަންސް ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރް) އިން ހޮނިހިރު ދުވަހު ބުނީ ބޯޓުގައި ތިބި މީހުންގެ އަދަދު ސާފުނުވާ ކަމަށާއި ނަމަވެސް އެކި ހެކިބަހުން އެ އަދަދު 400 އާއި 750 އާ ދެމެދުގެ ކަމަށް ބުނެފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ހޯމަ ދުވަހު ގައުމީ ހިތާމައިގެ ދުވަހެއް އިއުލާނު ކުރައްވާފައެވެ. އަދި އެ މައްސަލަ ބެލުމަށް މަތީ ފެންވަރުގެ ކޮމެޓީއެއް އެކުލަވާލުމަށް އޭނާ ވަނީ އަންގަވައިފަ އެވެ.

ޕާކިސްތާނުން ބޭރުގައި ރައްޔިތުން ފޮނުވުމަށް އެތައް މިލިއަން ރުޕީސް (އެތައް ހާސް ޑޮލަރެއް) ނަގަމުން އަންނަ އިންސާނީ ވަގުފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!