ދުނިޔެ

އަފްޣާނިސްތާނުގެ ތާލިބާނުން މަރުގެ އަދަބު ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ތާލިބާނުން ފަސް މީހަކު މަރާލި ކަމުގެ ކުށް ސާބިތުވި މީހެއްގެ މައްޗަށް އާންމުކޮށް މަރުގެ އަދަބު ދީފި އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު އަފްޣާނިސްތާނުގެ ތާލިބާނުން 2021 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު ރަސްމީކޮށް މަރުގެ އަދަބު ދިންކަން ކަށަވަރުވެފައިވާ ދެވަނަ ފަހަރާ ބެހޭގޮތުން ސުޕްރީމް ކޯޓުން ބުނެފިއެވެ.

Ads by WAMCO

ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު މަރުގެ އަދަބު ދީފައި ވަނީ އިރުމަތީ ޕްރޮވިންސް ލަގްމާންގައި ކަމަށް ބުނެ، އޭނާ މަރުގެ އަދަބު ދިނީ ކިހިނެއް ކަމެއް ނުބުނެ އެވެ.

އެ ކޯޓުން ބުނީ އެ އަދަބު ދީފައި ވަނީ ސަރަހައްދީ ތާލިބާނުންގެ އޮފިޝަލުންގެ ހާޒިރުގައި ކަމަށާއި މަރުގެ ހުކުމް ތަންފީޒު ކުރަން ސުޕްރީމް ރޫހާނީ ލީޑަރު ރުހުން ދީފައި ވަނީ "ތިން ކޯޓަކުން" ތަހުގީގު ނިންމުމަށް ފަހު ކަމަށެވެ.

"މައްސަލައިގެ ސީރިއަސްކަމުން އެންމެ ފަހުގެ ތަހުގީގެއް ވެސް އެންމެ މަތީ ވެރިޔާ ކުރެއްވި ކަމަށާއި އިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު މަރުގެ ހުކުމް އިއްވާފައިވާކަން ކަށަވަރުކޮށްދެއްވި،" ބަޔާނުގައިވެ އެވެ.

އަފްޣާނިސްތާނުގެ ވެރިކަމުގެ ދަށަށް ގެނައުމަށްފަހު ތަންފީޒުކުރަމުންދާ ހަރުކަށި ސިޔާސަތުތައް ކުރިއަށް ގެންދިއުމުގެ ވިސްނުން އަފްޣާނިސްތާނުގެ ވެރިންގެ ވިސްނުން ހުރިކަން މި މަރުގެ އަދަބުން ހާމަވެގެން ދިޔައެވެ.

ވައްކަމާއި ޒިނޭ ކުރުން ފަދަ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް އާންމުކޮށް ބަޑިޖެހުން ފަދަ އަދަބުތައް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އިއުލާނުކޮށްފައިވާއިރު، 1990 ގެ އަހަރުތަކުގައި ތާލިބާނުންގެ ވެރިކަމުގައި އާންމުކޮށް އަމަލުކުރަމުން އައި އާދަތަކަށް އެނބުރި އައުމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!