ދުނިޔެ

އިންޑިއާގައި އެއްވެސް ތަފާތު ކުރުމަކަށް ޖާގައެއް ނެތް: މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގައި "ތަފާތު ކުރުމަށް އެއްވެސް ޖާގައެއް ނޯންނާނެ" ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"އަޅުގަނޑުމެންގެ ރޫހަކީ ޑިމޮކްރަސީ. އަޅުގަނޑުމެންގެ ނާރުތަކުގައި ދައުރު ވަނީ ޑިމޮކްރަސީ،" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދައުވަތަކަށް މޯދީ އެ ގައުމަށް ވަޑައިގެންނެވި އިރު، މުސްލިމުންނާއި އެހެން މައިނޯރިޓީންނަށް އިންޑިއާގައި ދިމާވެފައިވާ ހާލަތާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ކޮންގްރެސްގެ ބައެއް މެމްބަރުން ވެސް މޯދީގެ ދަތުރު ބަލައިނުގަނެ، މޯދީގެ ހިތާބު ބޮއިކޮޓްކުރަން ނިންމައި، ބައިޑެންއަށް ފިއްތުންތައް ކުރިމަތިކުރުވި އެވެ.

އެހެން ނަމަވެސް، މޯދީ ވިދާޅުވީ އިންޑިއާގައި ތަފާތު ކުރުމަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި ޑިމޮކްރަސީއާ އެކު އެންމެންނަށް އުޅެވޭނެކަމުގެ ނަމޫނާ އިންޑިއާއިން ފެނިގެންދާ ކަމަށެވެ.

ވައިޓް ހައުސްގައި މޯދީއާ ބައްދަލުކުރެއްވުމަށް ފަހު ބައިޑެން ވިދާޅުވީ ނޫސްވެރިކަމާއި ދީނީ މިނިވަންކަމަކީ ދެ ގައުމުގެ ޑިމޮކްރަސީއަށް ވެސް މުހިއްމު ދެ އަސާސް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!