ޚަބަރު

ފުރުމުގެ 3 ގަޑިއިރު ކުރިން ޗެކިންވާން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗުއްޓީއާ ދިމާކޮށް ތަންތަނަށް ދާ ފަރާތްތަކުން ފުރުމުގެ ތިންގަޑިއިރު ކުރިން ޗެކިން ވާން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެދިއްޖެއެވެ.

Ads by Sosun Fihaara

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޗުއްޓީ ދުވަސްވަރުގައި ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސީމްލެސް އޮޕަރޭޝަން ކުރުމަށްޓަކައި، ހުރިހާ ދަތުރުވެރިންވެސް ޗެކް-އިން ކުރުމުގެ ކުރިން އިމުގާ ފޯމް ފުރިހަމަ ކުރުމަށް އެމްއޭސޯއެލުން ވަނީ އެދިފައެވެ.

ބަންދާ ގުޅިގެން މާލެ އިން އަތޮޅު ތެރެއަށް ކުރާ ދަތުރުތައް ވެސް ވަރަށް ބޮޑަށް އިތުރުވެ، ގައުމީ އެއާލައިން ވަނީ މޯލްޑިވިނުން ފްލައިޓްތައް ވެސް އިިތުރު ކޮށްފައެވެ. ދުވާލަކު 2،500 އެއްހާ ފަސިންޖަރުން އެތެރޭގެ ދަތުރުތައް ކުރާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!