ދުނިޔެ

އެމެޒަންއިން އިންޑިއާއަށް ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޭއެމްޒެޑްއެން އިން ހުކުރު ދުވަހު ބުނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގައި ކުރާ އިންވެސްޓްމަންޓްތައް 26 ބިލިއަން ޑޮލަރަށް ގެންދާނެ ކަމަށާއި، ސީއީއޯ އެންޑީ ޖޭސީ އެމެރިކާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހު ކުރި އިއުލާނެއްގައި 6.5 ބިލިއަން ޑޮލަރުގެ އާ އިންވެސްޓްމެންޓެއް އިތުރުކުރާނެ ކަމަށެވެ.

Ads by WAMCO

ޖޭސީ އެއްވެސް ބްރޭކްޑައުންއެއް ނުދިން ނަމަވެސް، މިކަން އިއުލާނުކުރީ އެމެޒޯންގެ ކްލައުޑް ކޮމްޕިއުޓިން ޔުނިޓް އެމެޒޯން ވެބް ސާވިސަސް (އޭޑަބްލިއުއެސް) އިން 2030 ވަނަ އަހަރު ނިމުމުގެ ކުރިން އެ ގައުމުގައި 1.06 ޓްރިލިއަން ރުޕީސް (12.9 ބިލިއަން ޑޮލަރު) އިންވެސްޓް ކުރާނެ ކަމަށް މިދިޔަ މަހު ބުނެފައި ވަނިކޮށެވެ.

މީގެ ކުރިން އެމެޒޯން އިން ވަނީ 6.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެއް އިއުލާނުކޮށްފަ އެވެ.

އިންވެސްޓްމަންޓްގެ އާ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 6.5 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

މޯދީގެ މި ދަތުރުފުޅުގައި އީ-ކޮމާސް ކުންފުނިން އިއުލާނުކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ސަބަބުން އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅުގައި ވައުދުވެފައިވާ އެމެރިކާގެ ސެމިކޮންޑަކްޓާ ޓޫލްމޭކަރ އެޕްލައިޑް މެޓީރިއަލްސް އާއި މެމޮރީ ޗިޕް ފާމް މައިކްރޯން ޓެކްނޮލޮޖީ ފަދަ އެހެން ކުންފުނިތަކަށް އިތުރު ކުރިއެރުމެއް ލިބެއެވެ.

އެމެޒޯންގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ މޯދީ އާއި ޖޭސީ ވާހަކަ ދެއްކެވީ އިންޑިއާގެ ސްޓާޓްއަޕްތަކަށް އެހީތެރިވުމާއި ވަޒީފާތައް އުފައްދައި، އެކްސްޕޯޓް ކުރެވޭނެ މަގު ފަހިކޮށްދިނުމާއި ޑިޖިޓަލައިޒޭޝަނާއި އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގައި ވާދަކުރުމަށް ބާރުވެރިކުރުވުމާ ބެހޭ ގޮތުން ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!